އެމެރިކާ

ރާއްޖެއަށް ހާއްސަ އެމެރިކާގެ ސަފީރު މަގާމުގެ ހުވާ ކުރައްވައިފި

ރާއްޖެއަށް ހާއްސަ އެމެރިކާގެ ސަފީރެއް އެބޭފުޅާގެ މަގާމަށް ހުވާ ކުރައްވައިފި އެވެ.

އެމެރިކާއިން ރާއްޖެއަށް ހާއްސަކޮށް ކަނޑައެޅުއްވި ސަފީރު -- ޔޮން ހުގޯ މަގާމުގެ ހުވާކުރެއްވީ މިއަދު އެވެ.

އެމެރިކާ އިން ކުރިން ސަފީރުން އައްޔަންކުރަނީ ރާއްޖެ، ނޭޕާލް އަދި ސްރީލަންކާ އަށެވެ. އެބޭފުޅަކު ހުންނަވަނީ ލަންކާގަ އެވެ.

އެމެރިކާ އިން ރާއްޖެއަށް ހާއްސަކޮށްގެން ސަފީރަކު އައްޔަންކުރާ ކަން އިއުލާންކުރީ މީގެ އަހަރެއް ކުރިންނެވެ.

އެމެރިިކާ އިން މިހާރު ދަނީ ރާއްޖޭގައި އެމްބަސީއެއް ވެސް ހުޅުވުމަށް ތައްޔާރުވަމުންނެވެ.

ރާއްޖޭގެ ފޮރިން މިނިސްޓްރީން ބުނީ މިއީ ދެ ގައުމުގެ ގުޅުން އިތުރަށް ބަދަހިވެ ދެ ގައުމުގެ ރައްޔިތުންނަށް ދަތުރުފަތުރުގައިވެސް ފަސޭހަތަކެއް ލިބިގެންދާނެ ކަމެއް ކަމަށެވެ.