އުރީދޫ

އުރީދޫ ޓަވަރުގެ މަސައްކަތް ރަސްމީކޮށް ފަށައިފި

Nov 14, 2021

އުރީދޫ މޯލްޑިވްސް އިން ހުޅުމާލޭގައި ހަދާ "އުރީދޫ ޓަވަރު" ގެ މަސައްކަތް ރަސްމީކޮށް މިއަދު ފަށައިފި އެވެ.

ހުޅުމާލޭގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި އުރީދޫ ހެޑްކުއަޓާސްގެ މަސައްކަތް ރަސްމީކޮށް ފައްޓަވައި ދެއްވީ އުރީދޫ ސިއީއޯ ނަޖީބު ހާން އާއި މި އިމާރާތް ކުރާ ދުނިޔޭގެ އެންމެ ބޮޑު އެއް ކުންފުނި ކަމަށްވާ ޗައިނާގެ ސްޓޭޓް ކޮންސްޓްރަކްޝަން އިންޖިނިއަރިން ކޯޕަރޭޝަންގެ ބައެއް ވެރިންނެވެ.

މިއަދު ބޭއްވި ރަސްމިއްޔާތުގައި އުރީދޫ ސީއީއޯ އަދި އެމްޑީ ނަޖީބު ހާން ވިދާޅުވީ މި އިމާރާތް ތަރައްގީ ކުރަނީ ތިމާވެއްޓާ ރަހުމަތްތެރި ގޮތަކަށް ކަމަށެވެ. އަދި އިމާރާތް ފެށުމުގެ ގޮތުން ބިންގާ އަޅައި ތައްޔާރު ވެފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

އުރީދޫ ޓަވަރުގެ މަސައްކަތް މިއަދު ރަސްމީކޮށް ފެށިއިރު މިތަން ހަދަން އެޗްޑީސީ އިން ބިން ދީފައިވަނީ 2017 ވަނަ އަހަރުގެ މާޗްގަ އެވެ. ހުޅުމާލެ ސެންޓްރަލް ޕާކްއާ އިންވެގެން އޮންނަ ހުސް ބިމުގައި އުރީދޫން ހަދާ މިޓަވަރުގައި 11 ބުރި ހުންނާނެ އެވެ. މި ޓަވަރު ނިންމަ ކަނޑައަޅާފައިވަނީ އަންނަ އަހަރުގެ ޖޫން މަހަަށެވެ.