ވިޔަފާރި

އާރަންވޭ ނުހުޅުވި ލަސްވީ އިމާރާތްތަކެއް ނުނެގިގެން: އަމީރު

Nov 14, 2021
6

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) އާ ރަންވޭ ނުހުޅުވި ލަސްވީ އެ ސަރަހައްދުގައި ހުރި އިމާރާތްތަކެއް ނުނެގިގެން ކަމަށް ސަރުކާރުން ބުނެފި އެވެ.

އާ ރަންވޭ ނުހުޅުވި ލަަސްވުމުގެ ސަބަބުން ޓޫރިޒަމަށް ގެއްލުންވަމުންދާ މައްސަލާގައި ބަޖެޓު ކޮމެޓީގައި މިއަދު ވާހަކަ ދައްކަވަމުން ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވިދާޅުވީ އާ ރަންވޭ ނުހުޅުވި ލަސްވީ ކޮވިޑް-19 ގެ ސަބަބުން މަސައްކަތް ލަސްވުމުގެ ސަބަބުންނެވެ. މި ބަލީގެ ސަބަބުން އާ ރަންވޭ ސަރަހައްދުގައި ހުރި އިމާރާތްތަކެއް ތަޅާލައި ނުނެގި ލަސްވެގެން ދިޔަ ކަމަށް އޭނާ ވިދާޅުވި އެވެ.

މި ބަލީގެ ސަބަބުން އާ ރަންވޭ ސަރަހައްދުގައި ހުރި އިމާރާތްތަކެއް ތަޅާލައި ނުނެގި ލަސްވެގެން ދިޔަ ކަމަށް އޭނާ ވިދާޅުވި އެވެ.

ރަންވޭ އަންނަ އަހަރު ހުޅުވޭނެ

މިނިސްޓަރު އިތުރަށް ވިދާޅުވީ މިހާރު ޕްލޭން ކޮށްފައިވާ ގޮތުން އާ ރަންވޭ ސަރަހައްދުގައި ހުރި އިމާރާތްތައް "ޑިމޮލިޝް" ކޮށް އަންނަ އަހަރުގެ ކުރީކޮޅު އާ ރަންވޭ ހުޅުވޭނެ ކަމަށެވެ.

އާ ރަންވޭ ހުޅުވާފައިވަނީ ސެޕްޓެމްބަރު 5، 2018 ވަނަ ދުވަހު ރައީސް އަބްދުﷲ ޔާމީނެވެ. އިހްތިހާދުގެ އޭ380 ބޯޓެއް ޖައްސައި، އާ ރަންވޭ ހުޅުވި ނަމަވެސް އެތަން ބޭނުން ކުރަން ފަށާފައެއް ނުވެ އެވެ. ސަބަބަކީ ރަންވޭއާއެކު ނިންމަން ޖެހޭ އެހެން ކަންކަން ނުނިމި ހުރުމެވެ. މި ރަންވޭ ހެދީ ޗައިނާގެ އެގްޒިމް ބޭންކުން 373 މިލިއަން ޑޮލަރުގެ ލޯނެއް ނަގައިގެން، ޗައިނާގެ ބެއިޖިން އާބަން ކޮންސްޓްރަކްޝަން ގުރޫޕް (ބީޔޫސީޖީ) ކުންފުނިންނެވެ. އެތާނގެ ރަންވޭގެ ދިގު މިނުގައި 3,400 މީޓަރު ހުންނައިރު، ފުޅާމިނުގައި 60 މީޓަރު ހުރެ އެވެ.