ކޮވިޑް-19 އިގެ ސަބަބުން ދުނިޔޭގެ ގިނަ ގައުމުތަކެއްގެ ބޯޑަރު ބަން ދުކޮށްފައި ހުރުމުން ރާއްޖެއަށް ޓްރާންސިޓްވާ މީހުންގެ އަދަދު މަތިވެއްޖެ އެވެ.
ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) ހިންގާ މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ (އެމްއޭސީއެލް) ގެ ޖެނެރަލް މެނޭޖަރު ހަސަން އަރީފު ވިދާޅުވި ގޮތުގައި ޓްރާންސިޓްވާ މީހުންގެ އަދަދު މަތިކަން ފާހަގަވެފައިވާ ކަމަށެވެ. ނަމަވެސް އިތުރު ތަފުސީލެއް ހަސަން ނުދެއްވަ އެވެ.
ވީއައިއޭގެ ތަފާސް ހިސާބުތައް ދައްކާ ގޮތުގައި މިހާތަނަށް 300 އަށް ވުރެ އެކި ގައުމުތަކުގެ މީހުން ވަނީ ރާއްޖޭގައި ޓްރާންސިޓްކޮށް ކަކެންޝަން ފްލައިޓްތަކުގައި އެހެން ގައުމު ތަކަށް ގޮސްފަ އެވެ. ރާއްޖޭގެ އެއާޕޯޓަކީ އާއްމުކޮށް ޓްރާންސިޓް މަންޒިލެއްގެ ގޮތުގައި މަގުބޫލުވެފައިވާ ތަނެއް ނޫނެވެ. ނަމަވެސް މިހާލަތާ ގުޅިގެން ޓްރާންސިޓް ފަސިންޖަރުން މަތިވުން ގާތް ކަމަށް އޭވިއޭޝަން ދާއިރާގެ ބައެއް ތަޖުރިބާކާރުން ކުރިން ބުނެފައިވެ އެވެ.
ކޮވިޑު-19 ގެ ބަލި މަޑުކަމުގެ ސަބަބުން ރާއްޖެ އަށް އާއްމުކޮށް ޓްރާންސިޓް ފްލައިޓްތައް އަންނަ ގިނަ ގައުމުތަކުގެ ބޯޑަރުތައް ހުރީ އަދި ވެސް ޝެޑިއުލް ފްލައިޓް ތަކަށް ނުހުޅުވަ އެވެ. ކޮވިޑް-19 ގެ ކުރީގައި ރާއްޖެއަށް އެންމެ ގިނައިން ޓްރާންސިޓް ފްލައިޓްތައް އަންނަ އެއް ގައުމު ކަމަށްވާ ސްރީލަންކާގެ ބޯޑަރުތައް ހުޅުވައި ޝެޑިއުލް ފްލައިޓްތައް ފަށަން ތައްޔާރު ވަމުން ދަނީ އަންނަ މަހު އެވެ. އެހެންވެ ދާދިފަހުން މޯލްޑިވިއަން އިން ވެސް ވަނީ އެ ގައުމުގެ އެތެރޭގެ އެއާޕޯޓްއަކަށް ޓްރާންސިޓް ފަސިންޖަރުންތަކެއް ގެންގޮސްދީފަ އެވެ.
ރާއްޖޭގެ ބޯޑަރު ކޮވިޑް-19 ގެ ސަބަބުން ބަންދުކޮށް އަލުން ހުޅުވާފައިވަނީ ޖުލައި 15 ވަނަ ދުވަހު އެވެ. ބޯޑަރު ހުޅުވި ފަހުން މިހާތަނަށް ރާއްޖެއަށް 20 ފްލައިޓެއް ދަނީ ދަތުރު ކުރަމުންނެވެ. އަދި މިއަދާއި މާދަމާއަކީ ވީއައިއޭ އަށް ގިނަ ފްލައިޓް ތަކެއް އަންނާނެ ދެ ދުވަހަށް ވާނެ ކަމަށް އެމްއޭސީއެލް އިން ވަނީ ބުނެފަ އެވެ.
ބޯޑަރު އަލުން ހުޅުވާލި ފަހުން މި އަހަރުގެ މިހާތަނަށް 528،065 މީހުން އައިސްފައިވެ އެވެ. މިމަހުގެ 25 ވަނަ ދުވަހު ރާއްޖެ އަށް 3،000 އަށްވުރެ ގިނަ މީހުން އައިސްފައިވެ އެވެ.