ވިޔަފާރި

ރާއްޖެއާއި ފްރާންސާ ދެމެދު ސީދާ ދަތުުރުތައް ފަށައިފި

ރާއްޖެއަށް މިއަދު އައި އެއާ ފްރާންސުގެ ފްލައިޓް -- ފޮޓޯ: އެމްއޭސީއެލް
0%
0%
0%

ރާއްޖޭގެ ޓޫރިޒަމްގެ މުހިންމު މާކެޓެއް ކަމަށްވާ ފަރަންސޭސިވިލާތާއި ރާއްޖެއާ ދެމެދު މިއަދު ސީދާ ދަތުރުތައް ފަށައިފި އެވެ.

ފްރާންސާއި ރާއްޖެއާ ދެމެދު ސީދާ ދަތުރުތައް ފަށާފައިވަނީ މިދިޔަ އަހަރު ބޯޑަރު ބަންދު ކުރުމާ ހަމައަށް ރާއްޖެ އަށް އުދުހެމުން ދިޔަ އެއާ ފްރާންސުގެ ރާއްޖެ އަށް މިއަދުން ފެށިގެން އަލުން ދަތުރުތައް ފެށުމުންނެވެ. ވީއައިއޭ އަށް މިއަދު ޖެއްސި އެއާ ފްރާންސުން ހަފުތާއަކު ދެ އެއް ފްލައިޓް ރާއްޖެ ބާއްވާނެ އެވެ.

ދުނިޔޭގެ ބީޗް ގިނަ މަންޒިލްތައް ބަންދުކޮށްފައި ހުރި ނަމަވެސް މިވަގުތު ބޯޑަރު ހުޅުވައިގެން މީހުން ގެންނަނީ ރާއްޖެ އެކަންޏެވެ. އެހެންވެ ރާއްޖެ އަށް އޮތް ޝައުގުވެރިކަން ވަނީ އިތުރުވެފަ އެވެ. އެހެންވެ ރާއްޖެ އަންނަ ފްލައިޓްތައް އިތުރު ވެގެން ވަނީ ގޮސްފަ އެވެ.

ޓޫރިޒަމް މިނިސްޓްރީގެ ތަފާސް ހިސާބުތައް ދައްކާ ގޮތުގައި މި އަހަރުގެ މިހާތަނަށް 505،092 މީހުން ވަނީ އައިސްފަ އެވެ. މިއީ ސަރުކާރުން ކުރިން އަންދާޒާ ކުރި އަދަދަށް ވުރެ ދަށް އަދަދެކެވެ. ސަރުކާރުން ބޯޑަރު ހުޅުވުމުގެ ކުރިން ދިރާސާ ހަދައި ބުނެފައިވަނީ މި އަހަރު އަންނާނެ ކަމަށް ބެލެވެނީ 850،000 މީހުނެވެ.

Send us your opinion
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
April
SunMonTueWedThuFriSat
303112345678910111213141516171819202122232425262728293012345678910