ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ރިސޯޓް

ޗާޓަރުތަކުން ބައިލައްކައަށްވުރެ ގިނަ ޓޫރިސްޓުން

Dec 4, 2021

މި އަހަރުގެ މިހާތަނަށް ރާއްޖެ އައި ޗާޓަރު ފްލައިޓްތަކުން ބައި ލައްކައަށްވުރެ ގިނަ ޓޫރިސްޓުން ގެނެސްދީފި އެވެ.

ޓޫރިޒަމް މިނިސްޓްރީން ބުނީ މި އަހަރުގެ ޖެނުއަރީން އެކެއް، ޑިސެމްބަރުގެ ނިޔަލަށް 51,998 މީހުން ޗާޓަރު ފްލައިޓްތަކުން އައިސްފައިވާ ކަމަށެވެ.

މި އަހަރުގެ މިހާތަނަށް 12 ޗާޓަރަކުން ރާއްޖެއަށް ޖުމްލަ 766 ފްލައިޓް މޫވްމެންޓް ވަނީ ހަދާފަ އެވެ.

ގިނައިން ޓޫރިސްޓުން ގެނައި 5 ޗާޓަރު

  • އެއާ އަސްތާނާ 13,937
  • އަޒޫރު އެއާ ޔޫކްރެއިން 6,626
  • ލައިބީރިއާ 5,371
  • އެއާވިސްތާ 5,176
  • ގުލްއެއާ 4,755

ޓޫރިޒަމް މިނިސްޓްރީން ބުނީ ޝެޑިއުލް ފްލައިޓްތަކުން މި އަހަރުގެ މިހާތަނަށް 1.2 މިލިއަން މީހުން ވަނީ ރާއްޖެ ގެނެސްދީފަ އެވެ. މީގެ ބޮޑު ބަޔަކީ ޓޫރިސްޓުންނެވެ. އަދި ޝެޑިއުލްތަކުން ޖުމްލަ 18,286 ފްލައިޓް މޫވްމެންޓް ހަދާފައިވެ އެވެ.

ގިނައިން މީހުން ގެނައި 5 ޝެޑިއުލް

  • އެމިރޭޓްސް 224,353
  • ގަތަރު އެއާވޭސް 193,720
  • އިންޑިގޯ 154,664
  • އެއިރޯފްލޯޓް 126,662
  • ގޯއެއާ 91,389

ރާއްޖޭގެ ޓޫރިޒަމްގެ މައި ސީޒަން ފެށިފައިވާއިރު މިހާރު ރާއްޖެއަށް 27 އެއާލައިނަކުން ދަނީ ދަތުރު ކުރަމުންނެވެ. މި މަހުގެ ނިޔަލަށް 1,162,425 މިލިއަން މީހުން ރާއްޖެ އައިސްފައިވެ އެވެ. މި އަހަރު ސަރުކާރުގެ ޓާގެޓަކީ 1.5 މިލިއަން ޓޫރިސްޓުން ގެނައުމެވެ. ނަމަވެސް މަރުކަޒީ ބޭންކުގެ ދިރާސާއިން ދެއްކި ގޮތުގައި މި އަހަރުގެ ކޮވިޑުގެ އެންމެ ރަނގަޅު ހާލަތުގައި ވެސް އަންނާނީ 1.2 މިލިއަން މީހުންނެވެ.