މޯލްޑިވްސް ޕޮލިސް ސާވިސް

ޓޫރިޒަމަށް އޮތް ނުރައްކާ ކުޑަކުރަން ވޯކްޝޮޕެއް

ފަތުރުވެރިކަމުގެ ދާއިރާއަށް އޮތް ނުރައްކާތައް ދެނެގަނެ އެ ކަން ކުޑަކުރަން ވޯކް ޝޮޕެއް ބާއްވައިފި އެވެ.

ކްރޮސް ރޯޑުގައި އިއްޔެ ބޭއްވި ވޯކްޝޮޕް ކުރިއަށް ގެންދިޔައީ މާލެ ސަރަހައްދުގައި ހިމެނޭ ފަތުރުވެރިކަމުގެ ހިދުމަތްދޭ ތަންތަނުގެ ސެކިއުރިޓީ މެނޭޖަރުންނަށް ހާއްސަކޮށްގެން ނެވެ.

އެގޮތުން މާލެ ސަރަހައްދުގައި ފަތުރުވެރިންނަށް ހިދުމަތްދެމުން އަންނަ 59 ފަރާތަކުން މި ވޯކްޝޮޕްގައި ބައިވެރިވި އެވެ.

ފަތުރުވެރިކަމުގެ ސިނާއަތުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމާއި ދާއިރާގެ ސަލާމަތްތެރިކަން ބެލެހެއްޓުމަށް ބޭނުންވާނެ ފުރިހަމަ މައުލޫމާތު މި ވޯކްޝޮޕްގެ ތެރެއިން ބައިވެރިންނާ އިއްޔެ ވަނީ ހިއްސާކޮށްފަ އެވެ.

މި ވޯކްޝޮޕްގައި ޓޫރިޒަމް މިނިސްޓަރު ޑރ. ޢަބްދުﷲ މައުސޫމްއާއި ޕޮލިސް ކޮމިޝަނަު މުހައްމަދު ހަމީދު އާއި، ރާއްޖޭގައި ހުންނަ އިނގިރޭސިވިލާތުގެ ހައި ކޮމިޝަނަރ ކެރޮން ރޮސްލާ އަދި ނޭޝަނަލް ކައުންޓަރ ޓެރަރިޒަމް ސެންޓަރުގެ ޑައިރެކްޓަރ ޖެނެރަލް ބްރިގޭޑިއަރ ޖެނެރަލް ޒަކަރިއްޔާ މަންޞޫރު ބައިވެރިވެލެއްވިއެވެ.