ފިޔަވަތި

އެމްއޭސީއެލްއިން ފިޔަވައްޗަށް ފައިސާގެ އެހީ ދީފި

ދައުލަތަށް ނަގާފައިވާ ކުދިން ބަލަހައްޓަން ހުޅުމާލޭގައި ގާއިމުކޮށްފައިވާ ފިޔަވައްޗަށް ފައިސާގެ ބޮޑު އެހީއެއް މޯލްޑިވްސް އެއާޕޯޓްސް ލިމިޓެޑް ކޮމްޕެނީ (އެމްއޭސީއެލް) އިން ދީފި އެވެ.

އެމްއޭސީއެލްއިން ފިޔަވައްޗަށް ހަދިޔާ ކުރީ 216،000 ރުފިޔާ އެވެ.

އިއްޔެ ފިޔަވަތީގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއް ގައި އެ އެހީ އެތަނާ ހަވާލުކޮށް ދެއްވީ އެމްއޭސީއެލް މިވަގުތު ހިންގެވުމާ ހަވާލުވެ ހުންނެވި ޑެޕިއުޓީ ޗީފް އޮފިސަރު އިބްރާހިމް ތޯހާ އެވެ. އެ އެހީއާ ހަވާލުވެލެއްވީ ފިޔަވަތީގެ ސީއީއޯ ޒީނާ ގާސިމް އެވެ.

އެމްއޭސީއެލްގެ ކޮޕަރޭޓް ސޯޝަލް ރެސްޕޮންސިޕިލިޓީ(ސީއެސްއާރު)ގެ ދަށުން އެ އެހީ ދިނީ ފިޔަވަތީގައި މަސައްކަތް ކުރާ ސައިކޮލަޖީ ޓީޗަރުގެ އެއް އަހަރުގެ މުސާރަ ހަމަޖެއްސުމަ ށެވެ.

އެމްއޭސީއެލްއިން މިހާރު ވެސް ދަނީ ފިޔަވަތީގެ ކަރަންޓާއި އެއާކޯންތަކުގެ މެއިންޓެނަންސް ބަލަަހައްޓައި ދެމުންނެވެ. ފިޔަވަތީގައި ތިބެނީ 14 އަހަރުން ދަށުގެ ކުޑަކުދިން ނެވެ. އެ ތަނުގައި މިހާރުވެސް 95 ކުދިން ތިބެއެވެ.