ބޭންކް އޮފް މޯލްޑިވްސް

ބީއެމްއެލް މުވައްޒަފުންގެ ރޯދަ އެހީ ފިޔަވަތި ކުދިންނަށް

Apr 4, 2023

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)ގެ މުވައްޒަފުންގެ ފަރާތުން، އުނގެނުމަށާއި ހުނަރު ދަސްކުރުމަށް ބޭނުންކުރާ ކުޅޭ ތަކެއްޗާއި ފޮތް ހުޅުމާލޭގައި ހުންނަ ކުޑަކުދިންގެ މަރުކަޒު -- ފިޔަވަތިއަށް ހަދިޔާކޮށްފި އެވެ.

ބީއެމްއެލްގެ މުވައްޒަފުން ވަނީ މުޖުތަމައަށް ހެޔޮ ބަދަލެއް ގެނެއުމަށް ކުރަމުންދާ މަސައްކަތުގެ ދަށުން ފިޔަވަތީގައި ދިރިއުޅެމުންދާ ކުދިން ބޭނުންކުރާނެ ސާމާނާއި ފޮތް ހަދިޔާކުރުމަށް ވަރަށް ދީލަތި އެހީތެރިކަމެއް ފޯރުކޮށްދީފަ އެވެ.

މިގޮތުން ކިޔެވުމަށް ބޭނުންވާ ކުޅޭ ސާމާނާއި، ވާހަކަ ފޮތް، ކުލަޖައްސާ ފޮތް، ކްރާފްޓް ސެޓް، ބޯޑު ގޭމްސް، ސްޓޭޝަނަރީސްގެ އިތުރުން ޕަޒްލްވެސް ވަނީ ހަދިޔާކޮށްފަ އެވެ.

ފާއިތުވި އަހަރުގެ ރަމަޟާން މަހު ބޭންކުގެ މުވައްޒަފުން އިސްނަގައިގެން ވަނީ އަސާސީ ބޭނުންތައް ފުއްދުމަށް ދަތި އާއިލާތަކަށް އެހީވުމަށް މޮމްސް އިން ހިންގާ 'ހެލްޕް އަ ފެމިލީ" ޕްރޮގްރާމް އަށް އަސާސީ ކާބޯތަކެތީގެ އެހީތެރިކަންވެސް ފޯރުކޮށްދީފަ އެވެ.

އަސާސީ ބޭނުންތައް ފުއްދުމަށް ދަތި އާއިލާތަކަށް އެހީވުމަށް ފާއިތުވި ތިން އަހަރުގެ ރަމަޟާން މަހު ބޭންކުން ވަނީ އާކް އެއިޑް ޕްރޮގްރާމަށްވެސް މާލީ ގޮތުން އެހީތެރިކަން ފޯރުކޮށްދީފަ އެވެ.