ބޭންކް އޮފް މޯލްޑިވްސް

ބީއެމްއެލް އިން "ސްޓާފް ޗެރިޓީ ރަން" ބާއްވައިފި

Dec 1, 2023

މުޖުތަމައުއަށް ފައިދާހުރި މަސައްކަތްތައްކުރާ ޖަމިއްޔާ ޖަމާއަތްތަކަށް އެހީވުމަށް ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ބާއްވާ "ސްޓާފް ޗެރިޓީ ރަން" ބާއްވައިފި އެވެ.

ހުޅުމާލޭގައި މިއަދު ހެނދުނު ބޭއްވި ޗެރިޓީ ރަންގައި ބޭންކުގެ 100 މުވައްޒަފުންނާއި އެ މުވައްޒަފުންގެ ކުދިން ވަނީ ބައިވެރިވެފަ އެވެ.

އަތޮޅު ތެރެއިން 40 އަށް ވުރެ ގިނަ މުވައްޒަފުން ވަނީ އެ މުވައްޒަފުން ހިމެނޭ ރަށަކުން މި ދުވުމުގައި ބައިވެރިވެފަ އެވެ.

ދުވުން ނިންމާލުމަށްފަހު ބޭންކުގެ ފަރާތުން ވަނީ މޯލްޑިވްސް އެސޯސިއޭޝަން ފޯ ޕާސަންސް ވިތު ޑިސަބިލިޓީގެ (އެމްއޭޕީޑީ)ގެ ޕީޑަބްލިއުޑީ ހެލްތު ކޭމްޕް ހިންގުމަށް 50،000 ރުފިޔާ ހަދިޔާކޮށްފަ އެވެ.

މުޖުތަމައުއަށް ފައިދާހުރި މަސައްކަތްތައްކުރާ ޖަމިއްޔާ ޖަމާޢަތްތަކަށް އެހީވުމަށް ބީއެމްއެލް އިން އަންނަނީ އާންމުކޮން އިވެންޓްތައް ބާއްވަމުންނެވެ.

ބީއެމްއެލް އިން އަންނަނީ 2018 ވަނަ އަހަރުން ފެށިގެން އެމްއޭޕީޑީގެ މުހިންމު ޕްރޮގްރާމްތަކަށް މާލީ އެހީތެރިކަން ފޯރުކޮށްދެމުންނެވެ.