ވިޔަފާރި

ގޯލްޑް 100: ލައިފް ޓައިމް އެވޯޑު ދެ ބޭފުޅަކަށް

Nov 17, 2021

"ގޯލްޑް 100" އެވޯޑުގައި ދޭ ލައިފްޓައިމް އެޗީވްމަންޓް އެވޯޑުގައި ދެ ފަރާތަކަށް ލިބިއްޖެ އެވެ.

އެންމެ ކުރިއަރާފައިވާ 100 ކުންފުންޏަށް ދޭ ވޯލްޑް 100 ގައި ދިގު މުއްދަތަށް ހިދުމަތް ކޮށްފައިވާ ފަރާތްތަކަށް ދޭ ލައިފްޓައިމް އެޗީވްމަންޓް އެވޯޑު ލިބިފައިވާ އެއް ފަރާތަކީ ރާއްޖެއަށް ގިނަ އަދަދަށް ތެޔޮ އެތެރެ ކުރާ އެއް ކުންފުނި ކަމަށްވާ ހޯކްސް ކުންފުނީގެ ވެރިޔާ އަހުމަދު ހަސަން ރަޝީދު އެވެ. އަދި މި އެވޯޑު ލިބިފައިވާ އަނެއް ބޭފުޅަކީ ރިސޯޓު ކޮންޓްރަކްޝަންގައި ހަރަކާތްތެރިވާ ބައިސަން ކުންފުނީގެ ވެރިޔާ އަބްދުލް މަޖީދު އަށެވެ.

ކްރޮސް ރޯޑް މޯލްޑިވްސްގައި ރޭ ބޭއްވި ގޯލްޑް-100 ގެ ލައިފް ޓައިމް އެޗީވްމަންޓް އެވޯޑު ލިބުނު ދެ ބޭފުޅުންނަށް މި އެވޯޑު ދެއްވީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އެވެ.

ގޯލްޑް100 ހޮވަނީ މީރާގެ ބައިވެރިވުމާއެކު މިނިވަން މި ދާއިރާގެ އެކްސްޕާޓުން ހިމެނޭ ބޯޑަކުންނެވެ. އަދި މިއީ ގޯލްޑް 100 ކުންފުނި ހޮވާތާ ހަތަރު ވަނަ އަހަރެވެ.