އަންހެނުން

ހަމަހަމަ ކަމުގެ ގާނޫނުތަަކަކީ ބިރެއް ކަަމަށް ފިރިހެނުން ދެކޭ: ދިރާސާ

އަންހެނުންނާއި ފިރިހެނުންގެ ތަފާތު ނައްތާލައި ޖިންސުގެ ހަމަހަަމަކަން ގާއިމު ކުުރުމުގެ ގޮތުން ރާއްޖޭގައި މިހާރު ހަދާފައިވާ ގާނޫނުތަކާއި ގަވައިދުތަކާއި އަދި ސިޔާސަތުތަތަކީ ބިރެއް ކަަމަށް ފިިރިހެނުން ދެކޭ ކަމަަށް ދިރާސާއަކުން ހާމަވެއްޖެ އެވެ.

އެގޮތަށް ހާމަވީ ގަލޮޅު އުތުރު ދާއިރާގެ މެމްބަރު އަދި މަޖިލީހުގެ ނާއިބު ރައީސް އީވާ އަބްދުﷲ ގެ އެދިވަޑައިގަތުމަށް ގައުމީ ޔުނިވާސިޓީ (އެމްއެންޔޫ) އާ ގުޅިގެން ރައްޔިތުންގެ މަޖިލީހުން ކުރި ޕާލަމަންޓްރީ އިންކުއަރީގެ ރިޕޯޓުންނެވެ./

މުޅި ރާއްޖޭގެ އެކި ސަރަހައްދުތަކުގެ މީހުންނާ ސުވާލުކޮށް އެކުލަވާލި އެ ރިޕޯޓުގައި ބުނެފައިވާ ގޮތުގައި ޖިންސުގެ ތަފާތުކުރުންތައް ނައްތާލަން ރާއްޖޭގައި ހަދާފައިވާ ގާނޫނުތަކާއި ގަވައިދު އަދި ސިޔާސަތުތައް އާންމުންނަށް އެނގޭ މިންވަރު ކުޑަ އެވެ. ނަމަވެސް ކައުންސިލްތަަކަށް ކަނޑައެޅި އަންހެނުންގެ ކޯޓާ ސިސްޓަމް ގިނަ ބަޔަކަށް އެނގެ އެވެ. އެކަމަކު އެއީ ފިރިހެނުންނަށް ކުރާ ބޭއިންސާފެއް ކަމަށް ގިނަ ފިރިހެނުން ދެކެ އެވެ.

އޭގެ އިތުރުން ޖިންސީ ފުރައްސާރަ ހުއްޓުވުމުގެ ގާނޫނާއި ގެވެށި އަނިޔާގެ ގާނޫނަކީ ފިރިހެނުންނަށް ހުރި ބިރެއް ކަމަށް ފިރިހެނުން ދެކޭ ކަމަށް ވެސް ބުނެފައި ވެއެވެ.

"އެ ގާނޫނަކީ ވެސް [ޖިންސީ ފުރައްސާރަކުރުން] ހަމަ ވަރަށް ނުރައްކާ ގާނޫނެއް އެނގޭތޯ! ހާއްސަކޮށް އަޅުގަނޑުމެން ފިރިހެނުންނަށް. އަދި އޭގަ އެބަ އޮވޭ ބަލައިލާ ގޮތަކުންވެސް ޖިންސީ ފުރައްސާރަަކަށް ވާނެކަމަށް" މީހެއްގެ ހިޔާލުގެ ގޮތުގައި އިންކުއަރީ ރިޕޯޓުގައި ހިމަނައިފައި ވެއެވެ.

ހަމަ އެހެންމެ އެކަނިވެރި މައިންނަށް ދޭ އެލަވަންސަކީ ކައިވެނިތައް ރޫޅާލުމަށް ދޭ ނުކިއްސަރު ހިތްވަރެއް ކަމަށް ދެކޭ ކަމަށް ވެސް ރިޕޯޓުގައި ބުނެފައި ވެއެވެ. ޖިންސުގެ ހަމަހަމަ ކަަމަށް ގާނޫނުތަކާއި ގަވައިދުތަކާއި ސިޔާސަތުތަކުގައި ހުރި ހުރަސްތައް ވެސް ރިޕޯޓުގައި ފާހަގަ ކޮށްފައި ވެެއެވެ.