އެމްޓީސީސީ

އެމްޓީސީސީގެ ކަށަވަރު ޕްރޮމޯޝަން ފަށައިފި

އެމްޓީސީސީން އަހަރު ނިމޭކޮޅު ބާއްވަމުން ގެންދާ ސިލްސިލާ ޕްރޮމޯޝަން "ކަށަވަރު ޕްރޮމޯ" ފަށައިފި އެވެ.

ކަށަވަރު ޕްރޮމޯ އަކީ ކޮންމެ އަހަރެއްގެ ފަހުކޮޅު އެމްޓީސީސީ ކަށަވަރު ޝޯ ރޫމުން ކުރިއަށްގެންދާ ޕްރޮމޯޝަނެކެވެ.

ކޮވިޑާއި ހެދި މިދިޔަ އަހަރު އެ ޕްރޮމޯޝަން މެދުކަނޑާލުމަށްފަހު އަލުން މި އަހަރު މިވަނީ ފަށާފަ އެވެ.

ކަށަވަރު ޕްރޮމޯޝަން ކުރިއަށް ގެންދިއުމަށް ހަމަޖައްސާފައިވަނީ އަންނަ ޑިސެމްބަރު މަހުގެ 30 ވަނަ ދުވަހުގެ ނިޔަލަށެވެ.

އެމްޓީސީސީން ބުނީ އެ ޕްރޮމޯޝަންގެ ދަށުން ޑިސްކައުންޓް ދެވޭ ޕްރޮޑަކްޓްތަކަކީ ޔަންމާ އަދި ސުޒުކީ އިންޖީނުގެ ސްޕެއާ ޕާޓްސް، ކާސްޓްރޯލް އަޑީތެޔޮ، ޕީޕީޖީ ކޯޓިންގްސް، ސްކޮޓް ބާޑާ ފައިބަރު ސާމާނު، އިންޑަސްޓްރިއަލް ގޭސް އަދި މެރިން ލައިޓް އެވެ.

ޕްރޮމޯޝަންގައި ކުރާ ކޮންމެ ވިޔަފާރިއަކަށް 5،000 ރުފިޔާގެ ކޫޕަނެއް ލިބޭނެ ކަމަށް އެމްޓީސީސީން ބުނެ އެވެ. އަދި ގުރުއަތުން ހޮވޭ ފަރާތަކަށް 89،000 ރުފިޔާގެ އަގުހުރި ސުޒުކީ 25 ހޯސްޕަވަރުގެ އިންޖީނެއް ދިނުމަށް ވެސް ހަމަޖެހިފައިވާ ކަމަށެވެ.

މި ޕްރޮމޯޝަންގެ މައުލޫމާތު ހިއްސާކުރުމަށް މާލޭ ބަނދަރު މަތީގައި އަޅާފައިވާ އޮޑިފަހަރުތަކަށާއި، ކ. ތިލަފުށި، ކ. ގުޅި ސްލިޕްވޭ، ކ. ހިންމަފުށި އަދި ދިއްފުށީގެ ބޯޓް ޔާޑް އަދި ޑޮކް ޔާޑް ތަކަށް އެމްޓީސީސީގެ ޓީމުތައް ޒިޔާރަތް ކުރުމަށްވެސް ހަމަޖެހިފައިވެ އެވެ.