ފޭރުން

ފުވައްމުލަކު ފޭރުން: މީހަކު ހައްޔަރެއް ނުކުރޭ

މިދިޔަ އަންގާރަ ދުވަހުގެ ރޭ ފުވައްމުލަކު ސިޓީގައި ދެ މީހަކު ޒަހަމްކޮށްލި މައްސަަލައިގައި އަދި އެއްވެސް މީހަކު ހައްޔަރުކޮށްފައި ނުވާ ކަމަށް ފުލުހުން ބުނެފި އެވެ.

ފުވައްމުލަކުގައި ޒަހަމްކޮށްލީ އެ ސިޓީގެ އެއާޕޯޓްގައި މަސައްކަތް ކުރާ އައިލެންޑް އޭވިއޭޝަންގެ ދެ މުވައްޒަފުން ނެވެ.

ޒަހަމްކޮށްލީ އެ ދެ މުވައްޒަފުން ސޭލްސް ނިންމާ ފައިސާ ހިފައިގެން ދަނިކޮށް ތޫނު އެއްޗަކުން ހަމަލާ ދީގެނެވެ. އެ ހަމަލާގައި ހުރިހާ ފައިސާއެއް ވެސް ފޭރިގެންފައި ވެއެވެ. އެ މީހުންގެ އަތުގައި ހުއްޓާ ފޭރިގެންފައި ވަނީ 93850 ރ. އާއި 448 އެމެރިކާ ޑޮލަރެވެ.

ނަމަވެސް އެ މައްސަަލައިގައި އަދި އެއްވެސް މީހަކު ހައްޔަރުނުކުރާ ކަމަށް ފުލުހުން ބުނެއެވެ.

ޒަހަމްވި ދެ މީހުނަށް ހޮސްޕިޓަލްގައި ފަރުވާ ދިނުމަށް ފަހު މިހާރު ވަނީ ދޫކޮށްލާފަ އެވެ.