މާރާމާރީ ހިންގުން

މޯލްޑިވިއަންގެ ދެ މުވައްޒަފަކު ޒަހަމްކޮށްލައިފި

ފުވައްމުލައް ހޮސްޕިޓަލް: މޯލްޑިވިއަންގެ ދެ މުވައްޒަފަކަށް ތޫނު އެއްޗަކުން ހަމަލާ ދީ ވަނީ ޒަހަމްކޮށްލި
50%
50%
0%

އައިލެންޑް އޭވިއޭޝަން ސާވިސްގެ މޯލްޑިވިއަންގެ ދެ މުވައްޒަފަކަށް ތޫނު އެއްޗަކުން ހަމަލާ ދީ ޒަހަމް ކޮށްލައިފި އެވެ.

އެ ކުންފުނިން ބުނީ ޒަހަމް ކޮށްލައިފައި ވަނީ ފުވައްމުލަކު އެއާޕޯޓްގައި މަސައްކަތް ކުރާ އެ ކުންފުނީގެ ދެ މުއައްޒަފަކު ކަމަށެވެ.

ރޭގެ ވަގުތެއްގައި އެ ދެ މީހުނަށް ހަމަލާދީ ޒަހަމް ކޮށްލީ އިއްޔެ ސޭލްސް ނިންމާ ފައިސާ ހިފައިގެން ދަނިކޮށް ތޫނު އެއްޗަކުން ހަމަލާ ދީގެނެވެ. އެ ހަމަލާގައި ހުރިހާ ފައިސާއެއް ވެސް ފޭރިގެންފައި ވެއެވެ. އެ މީހުންގެ އަތުގައި ހުއްޓާ ފޭރިގެންފައި ވަނީ 93850 ރ. އާއި 448 އެމެރިކާ ޑޮލަރެވެ.

މި މައްސަލަ ފުލުހުންނަށް ހުށަހަޅައި ބަލަން ފަށާފައިވާއިރު ޒަހަމްވި ދެ މީހުނަށް ހޮސްޕިޓަލްގައި ފަރުވާ ދީ ވަނީ ދޫކޮށްލާފަ އެވެ.

ހަމާލާއާ ގުޅިގެން ގޮތުން ފުލުުހުންގެ ބަހެއް ނުލިބެ އެވެ. މީހަކު ހައްޔަރު ކުރިކަން ސާފެއް ވެސް ނުވެ އެވެ.

2 comment
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!

އައްބެ

ރޭވުމަކަށްވުންވެސް އެކަށީގެންވޭ މިޒަމާނުގައި. ތިޔަ ދެ މުވައްޒަފުންނާއި ނުވަތަ ތިތަނުން އެކަކާއި ގުޅިގެން ހިންގި ކަމަކަށްވެސް ވެދާނެ. އެހެން ކަމަށްވާނަމަ ޒަހަމްކޮށްލީ އޮޅުވާލުމުގެ ގޮތުންކަމަށްވުން ގާތް. މިޒަމާނުގައި ތިހާގިނަ ކޭޝް ހުރުމުން ހައިރާންވޭ. އޮންލައިން މުއަމަލާތްތަކުގެ ބޭނުން ނުކުރަނީތޯ?

ލާމު

އަމާން ދިވެހިރާއްޖެ.

March
SunMonTueWedThuFriSat
2324252627281234567891011121314151617181920212223242526272829303112345