ހަބަރު

ހެލްމެޓް އަޅައި ވަޅި ހިފައިގެން އުޅުނު ދެމީހަކު ހައްޔަރުކޮށްފި

ވަޅި ހިގައިގެން ހުރި މީހަކު ދުއްވި ސައިކަލު އެކްސިޑެންޓުވެފައި -- ފޮޓޯ | ޕޮލިސް
0%
0%
0%

މާލޭގައި ހެލްމެޓް އަޅައި ވަޅި ހިފައިގެން ތިބި ދެ މީހަކު ފުލުހުން ހައްޔަރުކޮށްފި އެވެ.

ފުލުހުން ބުނީ ރޭ 10:44 އެހާކަންހާއިރު ހެޕީ މާކެޓް ކައިރީގައި ބަޔަކު ހެލްމެޓު އަޅައި ވަޅި ހިފައިގެން ތިބި ކަމަށް މަައުލޫމާތު ލިބިގެން އެ ސަރަހައްދު ގޮސް ބެލިއިރު އެމީހުން ގްރީން ބިލްޑިން ކައިރިން ސައިކަލެއްގައި ނައްޓާލަން މަސައްކަތް ކުރަމުންދިޔަ ކަމަށެވެ.

އަދި ބުނީ އެ މީހުން ދާން އުޅުމުގެ ތެރޭގައި ސައިކަލު އެހެން ވެހިކަލެއްގައި ޖެހި އެކްސިޑެންޓުވި ކަމަށާއި އޭގައި ތިބި ދެ މީހުން ހައްޔަރުކޮށްފައިވާ ކަމަށެވެ. އޭގެ ތެރެއިން އެކަކު ހައްޔަރު ކުރީ ފިލައިގެން ދަނިކޮށް އޭނާގެ ފަހަތުން ގޮސް އައިޖީއެމްއެޗް ކެންޓީން ކައިރިން ހުއްޓުވައިގެނެވެ.

އެ މައްސަލާގައި ހައްޔަރު ކުރީ 20 އަހަރާއި 22 އަހަރުގެ ދެ ފިރިހެނުންނެވެ. އަދި އެ ދެ މީހުންގެ ބަންދަށް ވެސް 10 ދުވަހުގެ މުއްދަތެއް ޖަހާފައިވާ ކަމަށް ފުލުހުން ބުންޏެވެ.

Send us your opinion
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
March
SunMonTueWedThuFriSat
2324252627281234567891011121314151617181920212223242526272829303112345