މޯލްޑިވްސް ޕޮލިސް ސާވިސް

ފުވައްމުލަކުގައި ގުދަންކޮށްފައި ހުރި 130 ކޭސް ސިނގިރޭޓް ވަގަށް ނަގައިފި

ފުވައްމުލަކުގައި ހުންނަ ޔޫރޯ ސްޓޯރުގެ ގުދަނަކުން ސިނގިރޭޓު ކޭސްތަކެއް ވަގަށް ނަގައިފި އެވެ.

ފުލުހުން ބުނީ ޔޫރޯ ސްޓޯރުގެ ގުދަނުން ވަގަށް ނަގާފައި ވަނީ 130 ކޭސް ސިނގިރޭޓު ކަމަށެވެ.

މިމައްސަލައިގައި މިހާތަނަށް އަދި އެއްވެސް މީހަކު ހައްޔަރުކޮށްފައެއް ނުވެ އެވެ.

މައްސަލަ ތަހުގީގު ކުރަމުންދާތީ އިތުރު މައުލޫމާތެއްވެސް ފުލުހުން ނުދެ އެވެ.

ފުވައްމުލަކުގައި ގުދަން ކޮށްފައި ހުރި ގިނަ އަދަދެއްގެ ސިނގިރެޓް ވަގަށް ގެންގޮސްފައި މިވަނީ މިދިޔަ ޑިސެމްބަރު މަހުން ފެށިގެން ދުންފަތުން ނަގާ ޓެކްސް ބޮޑު ކުރުމާއެކު ސިނގިރޭޓުގެ އަގު ވަރަށް ބޮޑަށް އުފުލިފައި ވަނިކޮށެވެ.