މޫސުން

15 އަތޮޅަކަށް ވައިޓް އެލާޓް ނެރެފި

ރާއްޖެއަށް ކުރާ ވިއްސާރައިގައި މޫސުން އިތުރަށް ގޯސްވެ 15 އަތޮޅަކަށް ރާއްޖޭގެ މޫސުމާ ބެހޭ އިދާރާއިން ވައިޓް އެލާޓް ނެރެފި އެވެ.

ވައިޓް އެލާޓް ނެރެފައިވަނީ ހއ. އަތޮޅުން ފެށިގެން ތ. އަތޮޅަށެވެ. އެލާޓް ނެރިފައިވަނީ މިއަދު މެންދުރު ފަހު 14:40 އިން ރޭގަނޑު 8:00 އަށެވެ.

މޫސުމާއި ބެހޭ އިދާރާއިން ބުނީ އެ ވަގުތު ތަކުގައި އެ އަތޮޅު ތަކަށް ބޯކޮށް ވާރެ ވެހި ގުގުރާނެ ކަމަށް ލަފާ ކުރެވޭ ކަމަށެވެ. އަދި ކަނޑުތައް ގަދަވެ ރާޅު ބޮޑުވުމުގެ ސަބަބުން ދިޔަވަރު ބޮޑުވާ ވަގުތުތަކުގައި ބައެއް ރަށްތަކަށް އުދައިގެ އަސަރު ކުރުން އެކަށީގެންވާ ކަމަށެވެ.

އެ އަތޮޅުތަކަށް ގަޑިއަކު 19 މޭލާއި 24 މޭލާ ދެމެދުގެ ބާރުމިދުގައި ވައި ޖެހޭނެ ކަމަށާއި ވިލާގަނޑުގައި ގަޑިއަކު 40 މޭލަށް ވައި ގަދަވާނެ ކަމަށްވެސް މެޓް އޮފީހުން ލަފާ ކުރެ އެވެ.

ރާއްޖޭގެ ސަރަހައްދުގައި ވައި ގަދަވެ ކަނޑުތައް ގަދަވާނެ ކަމަށް ލަފާކުރެވޭތީ މޫސުމަށް ސަމާލުވުމަށް ވެސް މެޓް އޮފީހުން އިލްތިމާސް ކުރެ އެވެ. އަދި ދަތުރު ކުރާއިރު ލައިފް ޖެކެޓް އެޅުމަށާއި ކަނޑުދަތުރުފަތުރު އުސޫލށް ގެނައި އިސްލާހުތަކަށް އަމަލު ކުރުމަށް އެދިފައި ވެއެވެ.