މޯލްޑިވްސް ކަރެކްޝަނަލް ސާވިސް

މީހަކު މެރުމުގެ ތުހުމަތުގައި ޖަލުގައި ހުރި ގައިދީއަކު މަރުވެއްޖެ

Nov 18, 2021

ޝަރީއަތް ނިމެންދެން ބަންދު ކޮށްފައި ހުރި ގައިދީއަކު ފަރުވާ ދެމުންދަނިކޮށް މަރުވެއްޖެ އެވެ.

މާލެ ޖަލުގައި ހުއްޓާ ރޭ ފަތިހު މަރުވީ ބަންގްލަދޭޝްގެ އެމްޑީ އަކްތަރު ހުސައިން 50. އެވެ.

މޯލްޑިވްސް ކަރެކްޝަނަލް ސާވިސް އިން ބުނީ އޭނާ މަރުވީ ގޮޅީތެރޭ ތާސްކުޅެން އިންދާ މެއަށް ތަދެއް އަރައި، ނޭވާލުމަށް އުނދަގޫތަކެއް ހުރުމުން އެމަޖެންސީ ހާލަތުގައި އައިޖީއެމްއެޗަށް ގެންގޮސް ފަރުވާ ދެމުން ދަނިކޮށް ކަމަށެވެ.

އަކްތަރު މަރުވީ ހާޓް އެޓޭކެއް ޖެހުމުގެ ސަބަބުން ކަމަށް ޑޮކްޓަރުންނާ ހަވާލާދީ ކަރެކްޝަނުން ވަނީ މައުލޫމާތު ދީފަ އެވެ.

އެމްޑީ އަކްތަރު ހުސައިން ޖަލުގައި ބަންދުކޮށްފައި ހުރީ މީހަކު މެރުމުގެ ކުށުގަ އެވެ.

އެމްޑީ އަކްތަރު ހޮސްޕިޓަލަށް ގެންދިއުމާއެކު އިންސްޕެކްޓާ އޮފް ކަރެކްޝަނަލް ސާވިސްއާއި، މޯލްޑިވްސް ޕޮލިސް ސާވިސް އަދި ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސްގެ އިތުރުން ނެޝަނަލް އިންޓެގްރިޓީ ކޮމިޝަނަށް އެ މައުލޫމާތު ހިއްސާކޮށްފައިވާ ކަމަށްވެސް ކަރެކްޝަނުން ވަނީ ބުނެފަ އެވެ.