ފްރެންޑްޝިޕް އެސޯސިއޭޝަން އޮފް އިންޑިއާ މޯލްޑިވްސް އާއި ބައިކް މޯލްޑިވްސް ގުޅިގެން ހުޅުމާލެ ބީޗު ސަރަހައްދު ސާފުކޮށްފި އެވެ.
މިއަދު ހެނދުނު އެ ހަރަކާތް ފެށުުމުގެ ކުރިން ހުޅުމާލޭގައި ބައިސިކަލް ދުއްވުމުގެ ހަަރަކާތެއް ބޭއްވި އެވެ. އަދި މި ހަރަކާތަށް ފަހު ހެނދުނު ހަތަކުން އަށަކަށް ވަނީ ހުޅުމާލެ ފެރީ ޓާމިނަލް ކައިރީގައި އޮންނަ ބީޗު ސަރަހައްދު ސާފުކޮށްފަ އެވެ.
މި ހަރަކާތުގައި 100 އެއްހާ މީހުން ބައިވެރިވި ކަމަށް ބައިކް މޯލްޑިވްސްއިން މައުލޫމާތު ދެއެވެ.
"ހަތް ވަރަކަށް ގޯނީގެ ކުނި ނެގުނު. ގިނައި ބޮޑަށް ޕްލާސްޓިކް ފުޅިއާއި ކޮފީ ކަޕް ފަދަ ތަކެތި" ބައިކް މޯލްޑިވްސްގެ ބޭފުޅަކު އަވަސްއަށް ވިދާޅުވި އެވެ.
ބައިކް މޯލްޑިވްސްއިން ބުނީ ކޮވިޑާ ގުޅިގެން މިފަދަ ސާފުކުރުން މެދުކެނޑުނު ކަމަށާއި ނަމަވެސް ދެން އަނެއްކާ ވެސް ސާފުކުރުމުގެ ހަަރަކާތްތައް ކުރިއަށް ގެންދާނެ ކަމަށެވެ.