އުރީދޫ

އުރީދޫގެ ކުޑަކުދިންގެ ހަވީރެއް މިއަދު

ބައިނަލްއަގްވާމީ ކުޑަކުދިންގެ ދުވަހުގެ މުނާސަބަތުގައި އުރީދޫން މިއަދު ކުޑަކުދިންގެ ހަވީރެއް ބާއްވަން ނިންމައިފި އެވެ.

ކުޑަކުދިންގެ ހަވީރު ބާއްވަނީ ހުޅުމާލޭގަ އެވެ. މި ހަރަކާތް އޮންނާނީ ހިޔާ ޓަވަރުތައް ކައިރީގައި މިއަދު ހަވީރު 4:00 އިން 6:00 ށެވެ. ހަވީރުގައި ކުޑަކުދިންނަށް ހާއްސަ ގިނަ ގޭމުތައް ހިމަނައި ވީހާ ވެސް ގިނަ ބަޔަކު ކުޑަކުދިންނާއެކު އެ ހަވީރުގައި ބައިވެރިވާން އުރީދޫން އެދިފައި ވެއެވެ.

ބައިނަލްއަގްވާމީ ކުޑަކުދިންގެ ދުވަހަކީ ނޮވެމްބަރު މަހުގެ 20 ވަނަ ދުވަހެވެ.