ލައިފްސްޓައިލް

ބޭސް ކަމަށް ހިތާ ކެވުނީ އެއާޕޮޑެއް

އެމެރިކާގެ ބޮސްޓަންގައި ދިރިއުޅޭ 27 އަހަރުގެ އަންހެނަކަށް ގުޅަ ބޭހެއް ކަމަށް ހިތާ އެޕަލް އެއާޕޮޑެއް ކާލެވިއްޖެ އެވެ. ބެލްމާ ނަމަކަށް ކިޔާ މި މީހާ ސޯޝަލް މީޑިއާގައި ހިއްސާކުރި ވާހަކައިގައި އޭނާ ބުނެފައި ވަނީ އެއާޕޮޑެއް ކާލެވިގެން ވަރަށް ހާލުގައި އުޅެން ޖެހުނު ކަމަށެވެ. އަދި މި ވާހަކަ ހިއްސާކުރީ އެހެން މީހުންނަށް އިބުރަތަކަށް ކަމަށެވެ.

ބެލްމާ އަށް އެއާޕޮޑް ކާލެވުނީ 800 މިލިގްރާމްގެ އައިބޫޕްރޮފެން ގުޅައެއް ކަމަށް ހިތަ އެވެ. އޭނާއަށް ދިރުވާލެވުނީ އެއާޕޮޑްކަން ބެލްމާ އަށް ރޭކާލާ ބޮޑު ފެންތައްޓަކާއެކު އެ ދިރުވާލިތާ އިރުކޮޅެއް ފަހުންނެވެ. ބެލްމާ އެންމެ ދެރަވީ އެއާޕޮޑް ދިރުވާލައިގެން ހަށިގަނޑަށް ލިބިދާނެ ގެއްލުމަކަށް ވުރެ އެހާ ވަރުން އޯޑަރުކޮށްގެން ގެނުވި އަގުބޮޑު އެއްޗެއް ހަލާކުވެފައި އޮވެދާނެތީ އެވެ.

ޓިކްޓޮކްގައި އޭނާ ޝެއާ ކުރި މި ވާހަކަ ވައިރަލްވެ އިސާހިތަކު 2.3 މިލިއަން ވިއުޒް ލިބިފައި ވެއެވެ. އަދި އިންސްޓަގްރާމްގައި އޭނާ ޝެއާ ކުރި މެސެޖެއްގައި އެއާޕޮޑް ދިރުވާލެވުނު ދުވަހު ކަންތައްތައް ވީގޮތް ކިޔައިދީފައި ވެއެވެ.

އެ ވީޑިއޯގައި ބެލްމާ ބުނި ގޮތުގައި އެ ދުވަހު އޭނާ އުޅުނީ އެނދުމަތީގައި ފިރުކިފަ އެވެ. އޭނާގެ އެއް އަތުގައި އޭރު އެއާޕޮޑެއް އަދި އަނެއް އަތުގައި އޮތީ ބޭސް ގުޅަ އެވެ.

"އަހަރެންނަށް އެހެން އޮވެގެން ބޭސްގުޅަ ކަމަށް ހިތާ އައިޕޮޑް ދިރުވާލެވުނީ. އަދި ކާލެވުނީ ބޭސްގުޅަ ނޫންކަން ވިސްނުނީ ދިރުވާލެވުނު ފަހުން. ދެން ހޮޑުލާން ވެސް ވަރަށް މަސައްކަތް ކުރިން. އެކަމަކު އެކަމެއް ވެސް ކާމިޔާބެއް ނުވި. އެ ވަގުތު އަހަރެންގެ ސިކުނޑި ސުމަކަށް ދިޔަ،" ބެލްމާ ބުންޏެވެ.

ބެލްމާގެ ވީޑިއޯ އިންސްޓަގްރާމަށް ލުމުން އެ ވީޑިއޯ ވަނީ ބްލޮކްކޮށްފަ އެވެ. އިންސްޓްގްރާމަށް ވީޑިއޯ އަޕްލޯޑް ކުރުމުގެ ގައިޑްލައިނަށް ނުފެތޭ ކަމަށް ބުނެފަ އެވެ. ފަހުން ބެލްމާ ތަންކޮޅެއް ހަމަޖެހިލައިގެން އިނދެ ޝެއާކުރި ވީޑީއޯ ބްލޮކެއް ނުކުރެ އެވެ. ބެލްމާ ބުނީ އޭނާއަކީ މިފަދަ ކަމެއް ދިމާވި ފުރަތަމަ މީހާ ނޫން ކަމަށެވެ. އަދި އެންމެ ފަހު މީހާ އަށް ވެސް ނުވާނެ ކަމަށެވެ. އެހެންވެ އެހެން މީހުންނަށް އިބުރަތަކަށް މި ވީޑީއޯ ޝެއާ ކުރީ ކަމަށެވެ.

މި އެއާޕޮޑް ނެގި ގޮތަކާއި އޭގެ ސަބަބުން ދިމާވި އިތުރު މައްސަލަތައް ބެލްމާ އަދި ހިއްސާއެއް ނުކުރެ އެވެ.