ކުށްކުރުން

ދިރުވާލައިގެން އެތެރެކުރި ރަންތަކެއް ދައުލަތަށް

0%
0%
0%

ދިރުވާލައިގެން ރާއްޖެ އެތެރެ ކުރަން އުޅުނު ރަންތަކެއް ދައުލަތަށް ނަގައި އެ މީހާ ޖޫރިމަނާ ކޮށްފި އެވެ.

މި ހާދިސާ ހިނގާފައި ވަނީ މިދިޔަ ސެޕްޓެމްބަރު މަހުގެ 26 ވަނަ ދުވަހު އެވެ. ރާއްޖެ އައި އަބްދުލް މަނާފް އަޔަންކޯލީ ނަމަކަށް ކިޔާ އިންޑިއާ މީހެއްގެ ހަރަކާތްތަކުގައި ޝައްކު އުފެދިގެން ކަސްޓަމްސް އިން އޭނާ އާއި އޭނާގެ ލަގެޖު ބަލައި ފާސް ކުރި އިރު އެތެރެހަށީގައި އެއްޗެއް ފޮރުވާފައި ހުރި ކަން ފާހަގަ ކުރެވުނެވެ. އޭނާ އައިޖީއެމްއެޗަށް ގެންގޮސްގެން ބެލިއިރު ބަނޑުތެރޭގައި މެޓަލް އެއްޗެހިތަކެއް ހުރުމުން އޭނާއަށް ބޮޑުކަމު ދެވެންދެން ހޮސްޕިޓަލުގައި ބޭއްވީ އެވެ.

ފަހުން އޭނާ ބޮޑުކަމުދިޔައިރު 605.8 ގްރާމްގެ ރަނާއި އަދި އެހެނިހެން މާއްދާތައް ހިމެނޭ އެއްޗެހިތަކެއް ހުރި ކަމަށް އޭނާގެ މައްޗަށް މިދިޔަ ބުރާސްފަތި ދުވަހު ކުރި ހުކުމުގައި ބަޔާން ކޮށްފައި ވެއެވެ. ދައުލަތުން އެމީހާގެ މައްޗަށް ކޮށްފައި ވަނީރާއްޖެއަށް ސިއްރުން މުދާ އެތެރެކުރުމުގެ ކުށުގެ ދައުވާ އެވެ.

ދައުލަތާ އެކީ އޭނާ އިއުތިރާފްގެ އެއްބަސްވުމެއް ހަދައި ދައުވާތަކަށް އަވަސްނިޔާގެ ޝަރީއަތުގައި އޭނާ ވަނީ އިއުތިރާފްވެފަ އެވެ. އެހެންކަމުން އޭނާގެ މައްޗަށް ކުށް ސާބިތުވާ ކަމަށް ކަނޑައަޅައި 60،000ރ. އިން ވަނީ ޖޫރިމަނާ ކޮށްފަ އެވެ. އެ ފައިސާ ފަސް ދުވަސްތެރޭ ދައްކައި ހަލާސްކުރުމަށް ގާޒީ ސަފްވަތު ހަބީބު ކުރެއްވި ހުކުމުގައި ވެއެވެ.

މީގެ އިތުރުން ދިރުވާލައިގެން އެމީހާ އެތެރެކުރަން އުޅުނު ރަންތައް ދައުލަތަށް ނެގުމަށް ވެސް ވަނީ ހުކުމްކޮށްފަ އެވެ.

Send us your opinion
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
April
SunMonTueWedThuFriSat
303112345678910111213141516171819202122232425262728293012345678910