ފައިސަލް ނަސީމް

ސިއްހީ ދާއިރާ ތަރައްގީކުރަން އިންޑިއާ ސަފީރާ މަޝްވަރާކުރައްވައިފި

Nov 21, 2021
2
ނައިބް ރައީސް ފައިސަލް ނަސީމް، އިންޑިއާ އިން ރާއްޖެއަށް ކަނޑައަޅުއްވާފައިވާ ހުންނަވާ ސަފީރު މުނޫ މަހާވަރްއާ ބައްދަލުކުރައްވަނީ -- ފޮޓޯ: ރައީސް އޮފީސް
0%
0%
0%

ރާއްޖޭގެ ސިއްހީ ދާއިރާ ތަރައްގީކުރުމުގައި ކުރިމަތިވެފައިވާ ގޮންޖެހުންތަކާއި ގުޅޭގޮތުން ނައިބް ރައީސް ފައިސަލް ނަސީމް، އިންޑިއާ އިން ރާއްޖެއަށް ކަނޑައަޅުއްވާފައިވާ ހުންނަވާ ސަފީރު މުނޫ މަހާވަރްއާ އެކު މަޝްވަރާކުރައްވައިފި އެވެ.

ރައީސް އޮފީހުގައި މިއަދު މެންދުރުފަހު ބޭއްވި މިބައްދަލުވުމަކީ ސަފީރު މުނޫ މަގާމާ ހަވާލުވެވަޑައިގެންނެވި ފަހުން ނައިބް ރައީސްއާ އެކު ބޭއްވި ރަސްމީ ފުރަތަމަ ބައްދަލުވުން ކަމަށްވާތީ އެމަނިކުފާނު ވަނީ ސަފީރު މުނޫ އަށް މަރުހަބާ ވިދާޅުވެފަ އެވެ.

މިބައްދަލުވުމުގައި ނައިބް ރައީސް ވަނީ ހައި އިމްޕެކްޓް ކޮމިއުނިޓީ ޑިވެލޮޕްމަންޓް ޕްރޮޖެކްޓްގެ ދަށުން އިންޑިއާ ސަރުކާރުން ރާއްޖެއަށް ދޭ އެހީތެރިކަމާއި އަދި ކޮވިޑް-19ގެ ތެރޭގައި އިންޑިއާ ސަރުކާރުން ރާއްޖެއަށް ފޯރުކޮށްދީފައިވާ އެހީތެރިކަމާއި އެއްބާރުލުން ފާހަގަކުރައްވާފަ އެވެ.

ރާއްޖޭގެ ސިއްހީ ދާއިރާ ތަރައްގީކުރުމުގައި ކުރިމަތިވެފައިވާ ގޮންޖެހުންތަކުގެ އިތުރުން ކަނޑުހުރަސްކޮށް ހިނގާ ޑްރަގް ވިޔަފާރި ފަދަ ކުށްތައް ހުއްޓުވުމުގައި އިންޑިއާއިން ރާއްޖެއަށް ފޯރުކޮށްދޭ އެހީތެރިކަމާ ގުޅޭގޮތުން ވެސް ދެ ބޭފުޅުން މަޝްވަރާކުރެެއްވި އެވެ.

މީގެއިތުރުން ރާއްޖޭގެ އިޖުތިމާއީ، އިގްތިސާދީ އަދި ތަރައްގީއަށް އިންޑިއާއިން ފޯރުކޮށްދެމުންދާ އެހީތެރިކަން ފާހަގަކުރައްވާ ނައިބް ރައީސް ވަނީ އިންޑިއާ އަށް ޝުކުރު އަދާކުރައްވާފަ އެވެ.

އިންޑިއާގެ އާ ސަފީރު މުނޫ މަހާވަރް، އެމަނިކުފާނުގެ ސަފީރު ކަމުގެ ފަތްކޮޅު ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހަށް އެރުއްވީ މިމަހުގެ 17 ވަނަ ދުވަހު އެވެ.

2 comment
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
March
SunMonTueWedThuFriSat
2324252627281234567891011121314151617181920212223242526272829303112345