އަހުމަދު ސަލީމް

ކަރަންޓަށް ދޭ ސަބްސިޑީ މާ ބޮޑު: ސަލީމް

ހޯރަފުށި ދާއިރާގެ މެންބަރު ސަލީމް: ކަރަންޓަށް ދޭ ސަބްސިޑީ މާ ބޮޑުކަަމަށް ވިދާޅުވި-- ފޮޓޯ: މަޖިލީސް
0%
0%
100%

ކަރަންޓު އަގު ހެޔޮ ކުރަން ދައުލަތުގެ ބަޖެޓުން ހޭދަ ކުރާ އަދަދު މާ ބޮޑު ކަމަށް ހޯރަފުށީ ދާއިރާގެ މެމްބަރު އަހުމަދު ސަލީމް ވިދާޅުވެއްޖެ އެވެ.

ސަލީމް މިހެން ވިދާޅުވީ ދައުލަތުގެ ހަރަދުތައް ހަމަޖެއްސުމުގެ ގޮތުން ފައިސާ ޗާޕް ކުރަން މާލިއްޔަތު ކޮމިޓީން ނިންމި ނިންމުމާ ގުޅޭ ރިޕޯޓުގެ ބަހުސްގައި އޭނާ ވިދާޅުވީ އަންނަ އަހަރަށް ލަފާކުރާ ބަޖެޓުގައި ނެގެޓިވް އިންވެސްޓްމަންޓްތަކެއް އެބަހުރި ކަމަށާއި އެންމެ ބޮޑު ނެގެޓިވް އިންވެސްޓްމަންޓަކީ ހަކަތައާ ގުޅޭ އިންވެސްޓްމަންޓްތައް ކަމަށެވެ. އެގޮތުން އަންނަ އަހަރަށް ހުށަހަޅާފައިވާ ބަޖެޓުގައި ކަރަންޓުގެ ދެ ސަބްސިޑީއެއް އެއްކޮށްލުމުން ޖުމްލަ 28 މިލިއަން ޑޮލަރު ހިމެނޭ ކަމަށެވެ.

"އެއީ މުޅި ޕީއެސްއައިޕީގެ ފަސް ޕަސެންޓް. ދެ ވައްތަރެއްގެ ސަބްސިޑީ ހަކަތައާ ގުޅޭ ގޮތުން އެބަ ދޭ. މި ދެ ސަބްސިޑީއަކީ ވެސް ނެގެޓިބް ސަބްސިޑީ. އަޅުގަނޑު ދެކޭ ގޮތުގައި މިއީ އަޅުގަނޑުމެން ވިސްނާލަން ޖެހޭ ކަމެއް. ފިއުލް ސަބްސިޑީގެ ގޮތުގައި 2019 އަދި 2018 ވަނަ އަހަރު އެސްޓީއޯއަށް އަހަރަކު އެވްރެޖުކޮށް ދައްކާފައި އެބައޮތް 34 މިލިއަން ޑޮލަރު،" ސަލީމް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ދުނިޔޭގެ ތެލުގެ ބަޒާރުގައި ތެލަށް އަންނަ ބަދަލުތަކަށް ބެލުމެއް ނެތި އެއް އަގެއްގައި ފެނަކައަށް ނުވަތަ ސްޓެލްކޯއަށް ތެޔޮ ވިއްކުމަށްޓަކައި ސަރުކާރުން ކޮންމެ އަހަރަކު 34 މިލިއަން ޑޮލަރު ދެމުންގެންދިޔަ ކަމަށެވެ. އަންނަ އަހަރުވެސް 28 މިލިއަން ޑޮލަރު ސަބްސިޑީގެ ގޮތުގައި ދޭން ހުށަހެޅުމުން ކަންބޮޑުވާ ކަމަށެވެ.

ވިސްނުން ތެރިކަމާއި ރޭވުންތެރިކަމާއެކު ކުރިއަށް ގެންދާނަމަ އަަހަރުން އަހަރަށް އެ ސަބްސިޑީ ކުޑަކުރެވޭނެ ކަަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"އަޅުގަނޑުމެންގެ ކަންބޮޑުވުމަކީ އަދިވެސް އިއާދަ ކުރަނިވި ހަކަަތައަށް އެނބުރި ދިއުމަށްޓަކައި އެކަން ޕްރޮމޯޓް ކުރުމަށްޓަކައި އެކަށީގެންވާ ހަލުއި ޕްރޮގްރާމްތަކެއް ހިންގެމުން ނުދާކަން. އެއީ އަޅުގަނޑުގެ ވަރަށް ސީރިއަސް ކަންބޮޑުވުމެއް. އަޅުގަނޑު ދެކޭގޮތުގައި މިކަން ރަނގަޅުކުރެވިއްޖެނަމަ މި ދަންނަވާ ހަރަދު ވަރަށް ބޮޑުތަނުން ކުޑަކުރެވި ބަޖެޓަށް ހެޔޮ ބަދަލެއް ގެނެވިދާނެ."

8 comment
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!

ހާމިދު ޝާހިދު

ސަބްސިޑީ އަދިވެސް ބޮޑުވެގެން ތިބޭފުޅާ އުޅުނު ކަމުގައި ވީނަމަވެސް، އަހަރުމެން މިއުޅެނީ ވަރަށް ހާލުގައި. ކޮވިޑްގައި ދީފައި އޮތް ލުއި ކުއްލި ގޮތަކަށް އަންގާލުމެއް ނެތި އިހު އޮތް ގޮތައް ބަދަލު ކޮށްލުމުން އަހަރުމެން ގެ ގެއިން ކުއްލިއަކަށް އައިސް ސްޓެލްކޯއިން މިއަދުވެސް ކަރަންޓް ކަނޑާލީ. ގޭގައި ބަލި މީހުންނާއި، ތުއްތުކުދިން އެކަނި ތިއްބާ، ގޭގެ ބޮޑެތި މީހުން މަސައްކަތު ގޮސް ތިއްބާ މިކަނޑާލަނީ. ދެން ވިސްނާލާ މަހުގެ މިހާ ފަހަތުކޮޅުގައި ކުއްލިއަކަށް ނުދެއްކި ހުރި ހުރިހާ ބިލެއް ދައްކަންޖެހުނީމާ އުޅެންޖެހޭ ހާލު. މިބާވަތުގެ ކަންކަމާ ހުރެ، ވައްކަންތައް ވެސް އިތުރުވެގެންދަނީ. މިއީ އަސާސީ ހިދުމަތެއްކަމަށްވާއިރު، ސަރުކާރަށް ބޮޑު އާމްދަނީއެއް ވެއްދުމަށް މިކަމުންވެސް އަމާޒު ހިފާފައިތިޔަވަނީ. އެމްޑީޕީއާއި އެޕާޓީގެ މެމްބަރުންގެ ލަގޮނޑިއަކަށް ކަހަރުވަކެކޭވެސް ހީނުވެދާނެ. އެކަމަކު އަހަރުމެންގެ މަހުގެ ފަހުކޮޅަށް ދިއައީމާ އަހަރުމެންގެ ލަގޮނޑު ވަނީ ފަޅައިގެން ދާ ހިސާބަށް ގޮސްފައި.

ވަންނޭމް

ދިވެހި ދަޢުލަތުން ކަލޭ ނަގާ މުސާރަ ބޮޑުހެންވެސް އަހަރެމެންނަށް ހީވޭ! އެކަމާ ކީކޭ ބުނާނީ

ފާތުމަ

ނިކަމެއްޗަކަށް އެއްޗެއްލިބެންޏާ ބޮޑު. ސައްލޭ މުސާ ރަ ބޮޑެއް ނޫންތަ.

އަހުމަދު އަލީ

ސަލީމް އަަށް ދަންނަވަން ރައްޔިތުންނަށް ސަބްސިޑީ ދިނީމަ ބޮަޑު ކަމަކަށް ވެގެން ވާހަކަ ނުދައްކާށެވެ. ވަކި ފަރުދެއްގެ ސެކިއުރިޓީ އާއި މުސާރައަަށް ކުރާ ހޭދަ އަދި ހުރުމަށް ކުރާ ހޭދައިގެ ވާހަކަ ދައްކާށެވެ. މަށަށް އަހަރަކު 600 ރުފިޔާ ދައުލަތުން ހޭދަ ކުރަން ނުޖެހެޔޭ. މަ ދައުލަތަަށް ޓެކްސް ގެ ގޮތުގަ 120 ހާސް ދައްކަމޭ.

ޒިންމާ

މިކަހަލަ ގަމާރު މީހުން މިތަންތަނަށް ހޮވަނީ ކޮންބައެއްބާ އޭ ހިތައް އަރާ

ާައަދީބު

ކަލެއަށް ދޭ މުސާރަ މާބޮޑު ސައަޒާބަލާފަ

Ibrahim Muizzu

ތި އިއްޒިތްތެރި ބޭފުޅުންގެ މުވައްޒަފުންނަށް ހިނގާ ޚަރަދު( 116,338,753ރ ނުވަތަ 7,544,666.21 ޑޮލަރ)..އެހެންވީމަ 30މިލިއަން ޑޮލަރ ރާއްޖޭގެ ހުރިހާ ބޭފުޅުންނަށް ހަރަދު ކުރުން އޯކޭ އެއްނު.އަދި މި 30މިލިއަން ތެރޭގެ ހިމެނޭ ތި އިއްޒަތްތެރި ބޭފުޅުންގެ ގެޔާ ތިބޭފުޅުންގެ އާއިލީ ގޭގެވެސް ހިމެނޭ..ހުރިހާ މޮޅެއް ތިބޭފުޅުންނަށް

އާދަނު123

މަޖިލިސް މެމްބަރުންނަށްދޭ މުސާރަވެސް މާބޮޑު ކަރަންޓް ހަރަދު ކުޑަކުރަން ނިކަން އިޔާދަކުރަވަނި ހަކަތަ ބޭނުން ކޮށް ބަލަ ކޮންމެ އަހަރެއް ނިންމާފަ ސްޓެލްކޯ އާއި ފެނަކާ އިން މިލިޔަނުނއ ފައިދާ ނެރުނީމަ ނިމުނީއެއްނޫން ރައްޔިތުންނަށް ހިދުމަތް ދޭ ކުންފުނިތައް ފައިދާ އަކަށް ނޫން މަސަކަތް ކުރަން ޖެހޭނީ

March
SunMonTueWedThuFriSat
2324252627281234567891011121314151617181920212223242526272829303112345