މާރިޔާ އަހުމަދު ދީދީ

"ދޯސްތީ"ން ތިން ގައުމުގެ އެކުވެރިކަން ބުނެދޭ: މާރިޔާ

Nov 22, 2021
2

"އެކްސަސައިޒް ދޯސްތީ" ން ރާއްޖެ އާއި އިންޑިއާ އަދި ސްރީލަންކާގެ ޒަމާންވީ އެކުވެރިކަމުގެ ރޫހު ރަމްޒުކޮށްދޭ ކަމަށް ޑިފެންސް މިނިސްޓަރު މާރިޔާ އަހްމަދު ދީދީ ވިދާޅުވެއްޖެ އެވެ.

އެކަމަނާ މިހެން ވިދާޅުވީ، މިއަދު 15 ވަނަ ޓްރައިލޭޓެރަލް ޖޮއިންޓް އެކްސަސައިޒް ދޯސްތީ އިފްތިތާހު ކޮށް ދެއްވަމުންނެވެ.

ރާއްޖެއާއި އިންޑިޔާއާ ގުޅިގެން، ފެށި މި އެކްސަސައިޒްގައި ލަންކާއި ބައިވެރިވެފައި ވަނީ 2014 ވަނަ އަހަރު އެވެ. މިއަދަކީ ދޯސްތީ އަށް 30 އަހަރު ފުރުނު ދުވަހެވެ. މިނިސްޓަރު މާރިޔާ ވިދާޅުވީ މެދުކެނޑުމެއްނެތި އެ ހަރަކާތް ކުރިއަށް ގެންގޮސްފައިވާތީ ކަނޑުމަތީގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރަން ތިން ގައުމުން ދޭ އަހައްމިއްޔަތުކަން އެނގޭ ކަމަށެވެ.

އިންޑިޔާ ކަނޑުގެ ސަރަހައްދުގެ ސަލާމަތާއި ރައްކާތެރިކަަަމަށް އޮތް ގޮންޖެހުންތަކުން އަރައިގަންނަން ސަރަހައްދީ ގޮތުން ކުރާ މަސައްކަތް އިތުރަށް ވަރުގަދަ ކުރަން ހިންގާ ޕްރޮގްރާމްތަކަށް ރާއްޖެއިން ފުރިހަމަ އެއްބާރުލުން ދިނުމަކީ ރައީސް ސޯލިހުގެ ސިޔާސަތެއް ކަމެއްކަމަށް ވެސް އެކަމަނާ ވިދާޅުވި އެވެ.