ގައުމީ ޔުނިވާސިޓީ

ޔުނިވާސިޓީ އާއި އޮމްބަޑްސްޕާސަން އޮފީހުން އެއްބަސްވުމަކަށް

Nov 22, 2021
ދިވެހިރާއްޖޭގެ ގައުމީ ޔުނިވާސިޓީ އާއި އިންތިގާލީ އިންސާފުގެ އޮމްބަޑްސްޕާސަންގެ އޮފީހާ ދެމެދު އެއްބަސްވުމެއްގައި ސޮއިކުރުން --
0%
0%
0%

ދިވެހިރާއްޖޭގެ ގައުމީ ޔުނިވާސިޓީ އާއި އިންތިގާލީ އިންސާފުގެ އޮމްބަޑްސްޕާސަންގެ އޮފީހާ ދެމެދު އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.

މިއެެއްބަސްވުމުގައި ގައުމީ ޔުނިވާސިޓީގެ ފަރާތުން ސޮއިކޮށްފައިވަނީ ވައިސް ޗާންސެލާ ޑރ. މުހައްމަދު ޝަރީފެވެ. އަދި އިންތިގާލީ އިންސާފުގެ އޮމްބަޑްސްޕާސަންގެ އޮފީހުގެ ޗީފް އޮމްބަޑްސްޕާސަން އަބްދުއްސަލާމް އާރިފް އެވެ.

މިއެއްބަސްވުމުގެ މައިގަނޑު މަގްސަދަކީ ދިވެހިރާއްޖޭގެ ގައުމީ ޔުނިވާސިޓީއާއި އިންތިގާލީ އިންސާފުގެ އޮމްބަޑްސްޕާސަންގެ އޮފީހާއި ދެމެދު އޮންނަ ގުޅުން ހަރުދަނާކޮށް ގައުމު ބިނާކުރުމަށް ހެދިފައިވާ ޕްލޭންތަކާއި އެއްހަމައެއްގައި މަސައްކަތްކުރުން ކަމަށް ބުންޏެވެ. މި އެއްބަސްވުމުގެ ދަށުން މިދެ މުއައްސަސާ ގުޅިގެން އިންތިގާލީ އިންސާފުގެ ދާއިރާއިން ދިރާސާތައް ހެދުމާއި ދިރާސާތަކަށް ބޭނުންވާ މައުލޫމާތު ދެ ފަރާތުން ހޯދުމަށް އެކުގައި މަސައްކަތްުރުމާއި ދެފަރާތަށްވެސް ފައިދާވާފަދަ ހަރަކާތްތަކާާއި ޕްރޮގަރާމްތައް ހިންގުމަށް ހަމަޖެހިފައިވެއެވެ.

މިއެއްބަސްވުމުގެ ސަބަބުން މިދެ މުއައްސަސާގެ މަސައްކަތުގެ ފެންވަރު ރަނގަޅުވެ ކުރިއެރުމުގެ ފުރުސަތުތައް ހުޅުވިގެންދާނެ ކަމަށްވެސް ބުންޏެވެ. އަދި އޭގެ ސަބަބުން އިންތިގާލީ އިންސާފުގެ ދާއިރާއާއި ހަރަކާތްތަކަށް އެދެވޭ ރަނދަޅު ބަދަލުތަކެއް ލިބިގެންދާނެއެވެ.

Send us your opinion
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
April
SunMonTueWedThuFriSat
303112345678910111213141516171819202122232425262728293012345678910