އޮޑިޓާ ޖެނެރަލް އޮފީސް

އިންޑިއާގެ އެހީގައި އޮޑިޓް އޮފީހުގެ ތަމްރީން ޕްރޮގްރާމްތައް ފަށައިފި

އިންޑިއާގެ އެހީގައި ރާއްޖޭގެ އޮޑިޓާ ޖެނެރަލްގެ އޮފީހުގެ މުވައްޒަފުންނަށް ހިންގާ ތަމްރީން ޕްރޮގްރާމްގެ ދެވަނަ ބުުރު ފަށައިފި އެވެ.

އިންޑިއަން ޓެކްނިކަލް އެންޑް އިކޮނޮމިކް ކޯޕަރޭޝަން (އައިޓީއީސީ) ގެ ފަރާތުން އޮންލައިންކޮށް ކުރިއަށް ގެންދާ އެ ތަމްރީން ޕްރޮގްރާމް ފެށީ އިއްޔެ އެވެ. އަދި އަންނަ ހޮނިހިރު ދުވަހުގެ ނިޔަަލަށް ތަމްރީން ޕްރޮގްރާމް ކުރިއަށް ގެންދާނެ އެވެ،

މި ޕްރޮގްރާމް ތަކުގައި ބައިވެރިންނަށް އައިޓީ އޮޑިޓް ޕްރޮސެސްގެ ކުރު ހުލާސާއަކާއި އައިޓީ އޮޑިޓްގެ މުހިންމު ބައިތައް ދެނެގަތުމަށް ކޭސް ސްޓަޑީ ބޭނުން ކުރާނެ އެވެ. މި ޕްރޮގްރާމްގައި އިސްކަންދޭ ބައިތަކުގެ ތެރޭގައި އިންޓްރޮޑަކްޝަން ޓު ޑާޓާ އެނާލިސިސް، އައިއްސް ކޮންޓްރޯލްސް ގެ އޮޑިޓް ،އޮޓިޑިންގް އިން އެސްއޭޕީ އެންޓަޕްރައިޒް ރިސޯސް ޕްލޭނިންގް އެންވިރޮމެންޓް ހިމެނެއެވެ.