ދުނިޔެ

ގައްޒާފީގެ ދަރިކަލުންގެ ކޭންޑިޑޭސީ ހިފަހައްޓަން އަމުރުކޮށްފި

ލީބިޔާގެ ކުރީގެ ލީޑަރު މުއައްމަރުލް ގައްޒާފީގެ ދަރިކަލުން ސައިފުލް އިސްލާމް ގައްޒާފީގެ ކޭންޑިޑޭސީ ހިފަހައްޓަން އެ ގައުމުގެ އަސްކަރީ ޕްރޮސެކިޔުޓަރުން އަރުމު ކޮށްފި އެވެ. ސައިފުލް އިސްލާމްގެ އިތުރުން ޚަލީފާ ހަފްތަރުގެ ލިޔުންތައް ހިފަހައްޓަން ވެސް ވަނީ އަމުރު ކޮށްފަ އެވެ.

ޚަބަރުތައް ބުނާ ގޮތުން ޕްރޮސެކިޔުޓަރު މަސްއޫދު އިރުހޫމަތު ވަނީ ހައި ނޭޝަނަލް އިލެކްޝަން ކޮމިޝަނަށް މިކަން އަންގަވާފަ އެވެ. އެއީ ބުނެވޭ ގޮތުގައި ސައިފުލް އިސްމާލްއާ ގުޅުން ހުރި މައްސަލަތަކެއް ބަލަމުން ގެންދާތީ އެވެ.

ލީބިޔާގައި މިއަހަރު ޑިސެމްބަރު 24 ގައި އޮންނަ އިންތިހާބުގައި ވާދަ ކުރެއްވުމަށް ސައިފުލް އިސްލާމް ވަނީ އިލެކްޝަން ކޮމިޝަނަށް ފޯމްތައް ހުށަހަޅާފަ އެވެ. އެހެން ނަމަވެސް އޭނާއަށް ރިޔާސީ އިންތިހާބުގައި ވާދަ ކުރެއްވިދާނެ ކަމާ މެދު ގިނަ ބަޔަކު ސުވާލު އުފައްދަ އެވެ.

ސައިފުލް އިސްލާމް ގަައްޒާފީ އަކީ ލީބިޔާގަައި ރައީސްކަން ކުރެއްވުމަށް އެންމެ ގާބިލު ބޭފުޅާ ކަމަށް ގިނަ ބަޔަކު ގަބޫލުކުރެ އެވެ. އެހެން ނަމަވެސް ލީބިޔާގައި މިހާރު އޮތް ސިޔާސީ ވާދަވެރި ކަމުގައި ސައިފުލް އިސްލާމަށް އިންތިހާބު ކާމިޔާބު ކުރެވިދާނެ ކަމާ މެދު ވެސް އޮތީ ސުވާލު އުފެދިފަ އެވެ.

ޕްރޮސެކިޔުޓަރުން ބުނާ ގޮތުން ސައިފުލް އިސްލާމްއާ ގުޅުން ހުރި މައްސަލަތައް ގައުމުން ބޭރުވެ ބައިނަލްއަގްވާމީ ކޯޓްތަކަށް ވެސް ވަނީ ދަތުރު ކޮށްފަ އެވެ. އޭނާ އެ އިޝާރާތްކު ރެއްވީ އިންޓަނޭޝަންލަ ކްރިމިނަލް ކޯޓުން ސައިފުލް އިސްލާމްއާ ބަލަމުން ގެންދާ މައްސަލަތަކަށެވެ.

އިންޓަނޭޝަނަލް ކްރިމިނަލް ކޯޓަށް ހާޒިރުވާން ސައިފުލް އިސްލާމްއަށް ވަނީ އަމުރުކޮށްފަ އެވެ. އެއީ އޭނާގެ ބައްޕަ ކާނަލް މުއައްމަރުލް ގައްޒާފިގެ ވެރިކަން ވައްޓާލުމަށް 2011 ގައި ނުކުތް މީހުންނާ ދެކޮޅަށް ސައިފުލް އިސްލާމް ހާލަތާ ނުބައްދަލު މިންވަރަށް ބާރުގެ ބޭނުން ހިފައި އެތައް ބަޔަކަށް އަނިޔާވި މައްސަލާގަ އެވެ.

އިންޓަނޭޝަނަލް ކްރިމިނަލް ކޯޓުން ބުނި ގޮތުން ސައިފުލް އިސްލާމްއާ ދެކޮޅަށް ނެރެފައި އޮތް އަމުރު އަދިވެސް ދެމި އެބަ އޮތެވެ. އެހެންކަމުން ހާލަތަށް އަންނަ ބަދަލާއެކު ސައިފުލް އިސްލާމް ހައްޔަރު ކުރުމަކީ ވެސް ވިސްނުމުގައި ބާއްވަން ޖެހޭ ކަމެކެވެ.