ގްރީން ކްލައިމެޓް ފަންޑުން 3.15 ބިލިއަން ޑޮލަރު ތުރުކީއަށް ދޭން ނިންމައިފި އެވެ. ތުރުކީގެ ރައީސް ރަޖަބް ތައްޔިބު އުރުދުޣާން ވިދާޅުވާ ގޮތުގައި މި ފައިސާ ފޯރުކޮށް ދެނީ ޔުނައިޓެޑް ނޭޝަން ފްރޭމްފޯކް ކޮންމެންޝަން އޮން ކްލައިމެޓް ޗޭންޖުންނެވެ.
ގްރީން ކްލައިމެޓް ފަންޑުން ހޭދަކުރަނީ މޫސުމަށް އަންނަ ބަދަލުތަކުން އަރައިގަތުމަށް އެކަށީގެންވާ މަސައްކަތްތަކެއްކުރާ އަދި ކުރިއަރަމުން އަންނަ ގައުމުތަކަށް ކަމަށެވެ.
ތުރުކީއަށް ލިބޭ ފައިސާއިން އެންމެ ބޮޑު އަމާޒެއް ހިފާނީ ކާބަން ނިއުޓްރަލް ގައުމަކަށް ވުމަށެވެ. އާންމު ރައްޔިތުންގެ ދިރިއުޅުން ތިމާވެއްޓާ ރައްޓެހި ނިޒާމަކަށް ހޭވެރި ކުރުވުމާއި އާންމު ވަސީލަތްތަކަކީ ވެސް ތިމާވެއްޓާ ރައްޓެހި ބާވަތްތްކަކަށް ހައްދަވާނެ ކަމަށް ވެސް އުރުދުޣާން ވިދާޅުވި އެވެ.
އުރުދުޣާން ވިދާޅުވީ އދ. ގެ ކުޑައިގެ ދަށުން ހިންގާ އޭޖެންސީތަކުން ތުރުކީގެ ސަރުކާރަށާއި އަމިއްލަ ކުންފުނިތަކަށް ވެސް އެހީތެރިވާނެ ކަމަށެވެ. އޭނާ ވިދާޅުވި އަމިއްލަ ކުންފުނިތަކުން ހިންގަން ހުށަހަޅާ ޕްރޮޖެކްތައް ޑިޒައިންކުރަން ވާނީ ތިމާވެއްޓަށް ފައިދާކުރާ ނިޒާމަކުން ކަމަށެވެ.
ގްރީން ފަނޑުން ރޯރުކޮށްދޭ އެހިގެ ބޮޑޮބައެއް، 12.5 އާއި 66.5 މިލިއަން ޑޮލަރާ ދެމެދުގެ އަދަދެއް ހިލޭއެހީގެ ގޮތުގައި ޕްރޮޖެކްޓްތަކަށް ދޫކޮށްލާނެ ކަމަށެވެ.
ޔުނައިޓެޑް ނޭޝަން ފްރޭމްފޯކް ކޮންމެންޝަން އޮން ކްލައިމެޓް ޗޭންޖުން ލިއްބައިދޭ އެއްވެސް ފައިސާއެއް އެހެން މަސައްކަތެއްގައި ބޭނުމެއް ނުކުރެވޭނެ އެވެ. މިފައިސާ ހޭދަކުރާ ތަފްސީލީ ހިސާބުކިތާބު އދ. ގެ ގުޅުން ހުރި އޭޖެންސިތަކަށް ހުށަހަޅަން ޖެހެ އެވެ.