ދިވެހި އިންޑިއާގެ ގުޅުން

ރަސްމީ ދަތުރުފުޅެއްގައި މާރިޔާ އިންޑިއާއަށް

Nov 23, 2021

ރަސްމީ ދަތުރުފުޅެއްގައި ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ އިންޑިއާއަށް ވަޑައިގެންފި އެވެ.

މިނިސްޓަރު މާރިޔާ މިއަދުގެ ވަގުތެއްގައި އިންޑިއާގެ ކޮޗިންއަށް ވަޑައިގެންފައިވާއިރު އިންޑިއާގެ ކަންނޫރަށް ވެސް ވަޑައިގަންނަވާނެ އެވެ. މި ދަތުރުފުޅަކީ ހަ ދުވަހުގެ ރަސްމީ ދަތުރުފުޅެކެވެ.

ރާއްޖޭގައި ހުންނަ އިންޑިއާ ހައިކޮމިޝަނުން މިއަދު ބުނެފައިވަނީ މިނިސްޓަރުގެ މި ދަތުރުފުޅުގައި އިންޑިއާގެ ނޭވަލް އެކަޑެމީން ބާއްވާ ޕާސިން އައުޓް ޕެރޭޑްގައި މިނިސްޓަރު ބައިވެރިވެވަޑައިގަންނަވާނެ ކަމަށެވެ.

މިނިސްޓަރުގެ މި ދަތުރުފުޅުގައި އިންޑިއާގެ ސިފައިން ތަމްރީނު ހަދާ ތަންތަނަށް ޒިޔާރަތްކޮށް އަދި އިންޑިއާގައި ތަމްރީނުތައް ހަދަމުންދާ ދިވެހި ސިފައިންނާ ބައްދަލުކުރައްވާނެ ކަމަށްވެސް ކޮމިޝަނުން ބުނެ އެވެ.

މާރިޔާ ރަސްމީ ދަތުރުފުޅެއްގައި އިންޑިއާއަށް ވަޑައިގެންނެވި އިރު މިދިޔަ އާދީއްތަ ދުވަހު އިންޑިއާއިން ރާއްޖެއަށް ކަނޑައެޅުއްވި އާ ސަފީރު، މުނޫ މަހާވަރް އާ ބައްދަލުކުރައްވާފައިވެ އެވެ.