ޖޭއެސްސީ

މައްސަލައެއް ބެލުމުގައި ފަރުވާ ކުޑަކުރުމުން ގާޒީ އަދީބަށް ފިޔަވަޅު

ފެމެލީ ކޯޓުގެ ގާޒީ އަބްދުﷲ އަދީބުއާ މެދު ސުލޫކީ ފިޔަވަޅު އެޅުމަށް ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ނިންމައިފި އެވެ.

އެ ކޮމިޝަނުން މިއަދު ނެރުނު ބަޔާނެއްގައި ބުނީ ފެމިލީ ކޯޓަށް ހުށަހުޅުނު މައްސަލައެއް ބަލައި ހުކުމްކުރުމުގައި މައްސަލަ ބެއްލެވި ގާޒީ އަބްދުﷲ އަދީބު ފަރުވާކުޑަކޮށްފައިވާކަން ސާބިތުވެފައިވާ ކަމަަަަށެވެ. ގާޒީ އަދީބުގެ މި އަމަލަކީ، ފަނޑިޔާރުންގެ ސުލޫކީ މިންގަނޑާ ހިލާފަށް ކޮށްފައިވާ އަމަލެެއް ކަމަށްވެސް ބުންޏެވެ.

އެހެން ކަމުން ޖުޑީޝަލް ސާވިސް ކޮމިޝަންގެ ގާނޫނުގެ ދަށުން ގާޒީ އަދީބަށް ނަސޭހަތް ދިނުމާއެކު ކޮމިޝަނުން ކަނޑައަޅާ ތަމްރީނު ޕްރޮގްރާމެއް ފުރިހަމަ ކުރުމަށް އެންގުމަށް ވަނީ ނިންމާފައެވެ. ޖޭއެސްސީން މި ނިންމުން ނިންމީ މި ހިނގާ ނޮވެމްބަރު 17 ވަނަ ދުވަހު ބޭއްވުނު މިއަހަރުގެ 86 ވަނަ ބައްދަލުވުމުގައި ކަމަށްވެސް ބުންޏެވެ.