ފެމިލީ ކޯޓް

ފެމިލީ ކޯޓުގެ ގާޒީ ކަމަށް 25 ބޭފުޅުން ކުރިމަތިލާފައި ވަނިކޮށް އިއުލާން ބާތިލްކޮށްފި

ފެމިލީ ކޯޓުގެ ގާޒީކަމުގެ މަގާމަށް ގިނަ ބަޔަކު ކުރިމަތިލާފައި ވަނިކޮށް އެކަމާ ގުޅޭ އިއުލާން ބާތިލްކޮށްފި އެެވެ.

ފެމިލީ ކޯޓުގެ ގާޒީ ކަމަށް ހުޅުވާލީ މިމަހުގެ ނުވަވަނަ ދުވަހު އެވެ. އިއުލާންގެ މުއްދަތު ހަމަވުމުން ގާޒީ ކަމަށް ކުރިމަތިލި 25 ބޭފުޅުންގެ މައުލޫމާތުވެސް ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) ހާމަކުރި އެވެ.

ނަމަވެސް ވަކި ސަބަބެއް ނުބުނެ ޖޭއެސްސީ މިއަދު ވަނީ ފެމިލީ ކޯޓުގެ ގާޒީ ކަމަށް ކުރިމަތިލުމަށް މިމަހުގެ ނުވަވަނަ ދުވަހު ކުރި އިއުލާން ބާތިލްކޮށްފަ އެވެ.

"އަދި މިދެންނެވި އިއުލާނާ ގުޅިގެން ފެމިލީ ކޯޓުގެ ގާޒީ ކަމުގެ މަގާމަށް ކުރިމަތިލާ ހުށަހަޅުއްވާފައިވާ އެޕްލިކޭޝަންތައްވެސް ވަނީ ބާތިލްކުރެވިފަ އެވެ." ޖޭއެސްސީގެ އިއުލާންގައިވެ އެވެ.