ކޮވިޑް-19 ގެ ޕޮޒިޓިވް ކޭސްތަކެއް ފެނި ށ. ކޮމަންޑޫއަށް އަރާ ފޭބުން މަނާކޮށް އެ ރަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) ގެ މޮނިޓަރިންއަށް ގެނެސްފި އެވެ.
ކޮމަންޑޫއިން ފުރަތަމަ ކޮވިޑް ކޭހެއް ފެނިފައިވަނީ ހޮނިހިރު ދުވަހު އެވެ. އޭގެ ފަހުން އެކި ދުވަސްމަތިން މިހާތަނަށް 12 މީހަކަށް ވަނީ ބަލި ޖެހިފައެވެ. އޭގެ ތެރޭގައި ކުޑަކުއްޖަކުވެސް ހިމެނެއެވެ.
އެޗްޕީއޭއިން ބުނީ ކޮވިޑް ކޭސްތަކާއި ގުޅިގެން ކޮމަންޑޫއަށް އަރާ ފޭބުން މަނާކޮށްފައިވާ ކަމަށެވެ. އަދި ކޮންޓެކްޓް ޓްރޭސިންގެ މަަސައްކަތް ކުރިއަށް ގެންދާ ކަމަށެވެ.
ކޮމަންޑޫ ހިމެނޭހެން 19 ރަށެއް މިވަގުތު އޮތީ މޮނިޓަރިންގައެވެ.