ބޮލީވުޑް

ފްލައިޓެއް ތެރޭން ފެނުމުން ސަންޖޭ އަށް ޕްރީތީ ނޭގުނު!

"އަބްދުﷲ" ފަދަ ރީތި ފިލްމުތައް ކުޅެފައިވާ ކުރީގެ މަޝްހޫރު އެކްޓަރު ސަންޖޭ ޚާނަށް ދާދިފަހުން ފްލައިޓެއް ތެރޭން ޕްރީތީ ޒިންޓާއާ ބައްދަލުވި އެވެ. ނަމަވެސް ސަންޖޭ އަކަށް ޕްރީތީއަކީ ކާކުކަމެއް ފާހަގަ ކުރާކަށް ނޭނގުނެވެ. އެކަން އޭނާއަށް ރޭކާލީ މާ ފަހުންނެވެ. އެނގުމާއެކު ސަންޖޭ ވަނީ ޕްރީތީ ކިބައިން އެކަމަށް މައާފަށް އެދިފަ އެވެ.

ސަންޖޭ ބުނި ގޮތުގައި ޑުބާއީއަށް ދިޔަ ފްލައިޓް ތެރޭން އޭނާއަށް ޕްރީތީ ތައާރަފް ކޮށްދިނީ އޭނާގެ ދަރިފުޅު ސިމޯން އެވެ. ނަމަވެސް ތައާރަފް ކޮށްދިނުމުގެ ގޮތުން ސިމޯން ބުނީ ހަމައެކަނި ޕްރީތީއޭ ކަމަށް ވާތީ އެ ވަގުތު އެއީ ކާކުކަން ނޭނގުނީ ކަމަށް ޕްރީތީ ޓެގްކޮށް ސަންޖޭ ކޮށްފައިވާ ޓުވީޓެއްގައި ބުނެފައި ވެއެވެ.

އަދި އެ ވަގުތު ޒިންޓާ އޭ ބުނި ނަމަ އޭނާއަށް އެއީ އެ ރީތި މޫނު އެތައް ފިލްމަކުން ބަލާފައިވާ ބަތަލާކަން އޭރުވެސް އެނގުނީސް ކަމަށް ސަންޖޭގެ ޓުވީޓްގައި ވެއެވެ.

ސަންޖޭގެ ޓުވީޓަށް ޕްރީތީ އަދި ޖަވާބެއް ނުދެ އެވެ. ނަމަވެސް އޭނާގެ ފޭނުން ވަރަށް ގިނަ ކޮމެންޓުތައް މި ޓުވީޓަށް ކޮށްފައި ވެއެވެ. އެއްބަޔަކު ބުނީ ޕްރީތީ ފްލައިޓް ތެރޭގައި އިނީ މާސްކް އަޅައިގެން ނަމަ އޭނާއަށް ނޭނގުމަކީ އެކަށީގެންވާ ކަމެއް ކަމަށް ގަބޫލު ކުރެވޭ ކަމަށެވެ.

ކުރީގެ ރީތި ފިލްމުތަކުގެ ތެރެއިން "ދަސް ލާކް"، "އޭކް ޕޫލް ދޯ މާލީ"، "އިންތިގާމް"، "ޑޫންޑް" އަދި "މޭލާ" ފަދަ ފިލްމުތަކުގައި ސަންޖޭ ވަނީ ބަތަލުގެ ބައި އަދާ ކޮށްފަ އެވެ. އަދި އޭނާއަކީ ރިތިކް ރޯޝަންގެ ކުރީގެ އަނބިމީހާ ސުޒާން ޚާން އާއި އެކްޓަރު ޒައިދު ޚާންގެ ބައްޕަ އެވެ.

ޕްރީތީ ދާދިފަހުން ވަނީ ސަރަގޭޓް މަންމައެއްގެ ފަރާތުން އޭނާއަށް އެއްމާބަނޑު ދެ ދަރިން ލިބިފައިވާކަން އިއުލާން ކޮށްފަ އެވެ.