ބޮލީވުޑް

ދެ ދަރިންނާއެކު ޕްރީތީ ބިޒީވެފައި

ޕްރީތީ ޒިންޓާގެ 47 ވަނަ އުފަން ދުވަސް މިދިޔަ ހޯމަ ދުވަހު ފާހަގަ ކޮށްފައިވާއިރު މިފަހަރު މާ ކުލަ ގަދަ ކޮށް އެކަން ކުރެވޭ ގޮތެއް ނުވި އެވެ.

އާއިލާގެ އެންމެ ގާތް އެމީހުންނާއެކު ގޭގައި ކުޑަ ގޮތަކަށް އުފަން ދުވަސް ފާހަގަ ކޮށްލި ކަމަށް ޕްރީތީ ސޯޝަލް މީޑީއާގައި ޝެއާކުރި ޕޯސްޓެއްގައި ބުންޏެވެ.

ޕްރީތީ ބުނެފައިވާ ގޮތުގައި މިއީ މަންމައެއްގެ ޑިއުޓީ އަދާ ކުރުމުގައި އޭނާ ހޭދަކުރި ފުރަތަމަ އުފަން ދުވަހެވެ. އެހެންވެ މި އުފަން ދުވަހު އޭނާއަށް އުޅެން ޖެހުނީ ދަރިންގެ ވައި ލެއްވުމާއި ޑައިޕާ ބަދަލު ކުރުމުގަ އެވެ. އެނޫން ކަމެއް ކުރާނެ ވަގުތެއް އޭނާއަކަށް ނުވި އެވެ.

ސަރަގަސީ މަންމައެއް މެދުވެރިކޮށް ޕްރީތީ އާއި ފިރިމީހާ ޖީން އަށް އެއްމާބަނޑު ދެ ދަރިން ލިބިފައިވަނީ މިދިޔަ އަހަރު އެވެ. މި ކުދިންނަށް އޭނާ ކިޔާފައިވަނީ ޖައި އާއި ޖިއާ އެވެ.