ނައިޓް މާކެޓް

ޔުނިޓީ ނައިޓް މާކެޓް އަންނަ މަހު

ޔުނިޓީ އިވެންޓްސް އެންޑް އެންޓަޓެއިންމެންޓުގެ ޔުނިޓީ ނައިޓް މާކެޓް" އަންނަ މަހު ބާއްވަން ހަމަޖައްސައިފި އެވެ.

ނައިޓް މާކެޓް ބާއްވަނީ އަންނަ މަހުގެ އެއް ވަނަ ދުވަހުން ފެށެގެން 10 ވަނަ ދުވަހަށެވެ. ހުޅުމާލެ ރުއްގަނޑު ސަރަހައްދުގައި ބާއްވާ މި ނައިޓް މާކެޓްގައި 150 ސްޓޯލް ބަހައްޓާނެ ޔުނިޓީގެ އޮފިޝަލަކު ވިދާޅުވި އެވެ.

ނައިޓް މާކެޓުގައި ބައިވެރިވާން ބޭނުންވާ މީހުންނަށް އަދިވެސް ފުރުސަތު ވަނީ ހުޅުވައިލާފަ އެވެ. ވަގުތު އޮތް ނަމަވެސް 90 ޕަސެންޓް ސްޓޯލް މިހާރު ވަނީ ވިކިފަ އެވެ. މިމަހުގެ 30 ވަނަ ދުވަހުގެ ނިޔަލަށް ސްޓޯލްތައް ގަތުމުގެ ފުރުސަތު ހުޅުވާލައިފައިވި ނަމަވެސް އޭގެ ފަހުން ވެސް ހުސް ސްޓޯލެއް ހުރެއްޖެނަމަ ފުރުސަތު ދޭނެ އެވެ.

މި ނައިޓް މާކެޓް ކުރިއަށް ގެންދާނީ ކޮންމެ ދުވަހެއްގެ ވެސް ހަވީރު 4:00 އިން ފެށެގެން 12:00 އަށެވެ.