ރައީސް މުހައްމަދު ނަޝީދު

ނަޝީދުގެ "އާސްކްސްޕީކާ" ނޮވެމްބަރު 30ގައި

Nov 24, 2021
1

ރައްޔިތުންގެ މަޖިލީހާ ގުޅޭ ގޮތުން ރައްޔިތުން ކުރަން ބޭނުންވާ ސުވާލުތަކަށް ޖަވާބު ދެއްވުމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ބާއްވަވާ "އާސްކްސްޕީކާ" ގެ ހަތަރުވަނަ ޕްރޮގްރާމް މި މަހުގެ 30 ވަނަ ދުވަހުގެ ރޭ ބާއްވަން ނިންމައިފި އެވެ.

ރައްޔިތުންގެ މަޖިލީހުގެ އިދާރާއިން ބުނީ ބްރޯޑްކާސްޓިން މީޑިއާ އާއި ސޯޝަލް މީޑިއާ މެދުވެރިކޮށް ކުރިއަށް ގެންދާ ޕްރޮގްރާމު ފަށާނީ އެރޭ 9:00 ޖަހާއިރު ކަމަށެވެ.

ރައީސް ނަޝީދާ ސުވާލު ކުރަން ބޭނުންވާ މީހުންނަށް މިހާރު ވަނީ އެ ފުރުސަތު ވެސް ހުޅުވާލާފަ އެވެ. ފޯނުން ވީޑިއޯ ކުރުމަށް ފަހުވެސް އަދި މެސެޖް ކޮށްގެން ވެސް ސުވާލު ކުރެވޭނެ އެވެ. ވަގުތުން ސުވާލު ކުރަން ބޭނުންވާ މީހުން، އެމީހެއްގެ ނަން އަދި އައިޑީ ނަންބަރު ޖެހުމަށްފަހު ނޮވެމްބަރު 30 ވަނަ ދުވަހުގެ މެންދުރު 2:00ގެ ކުރިން ފޮނުވަން ޖެހެ އެވެ.

މީގެ އިތުރުން ކްލަބް ހައުސްގައި ސުވާލު ކުރަން ބޭނުންވާ މީހުން ކްލަބް ހައުސްގައި ބޭނުންކުރާ އެކައުންޓްގެ ނަން ފޮނުވުމަށް ވެސް މަޖިލީހުގެ އިދާރާ އިން ވަނީ އެދިފަ އެވެ.