ދުނިޔެ

އީރާގުން 608 ހިޖުރަވެރިން ބެލަރޫސް ބޯޑަރުން ގެންގޮސްފި

ބެލަރޫސް-ޕޮލޭމްޑް ބޯޑަރުން 608 ހިޖުރަވެރިން އިރާގަށް ގެންގޮސްފައިވާ ކަމަށް އެގައުމުގެ ޓްރާންސްޕޯޓް މިނިސްޓްރީން ބުނެފި އެވެ.

ޗާޓަރު ދެފްލައިޓްގައި ހިޖުރަވެރިން އިރުބީލް އެއާޕޯޓަށާއި ބަޣްދާދު އެއާޕޯޓަށް ގެންގޮސްފައިވާ ކަމަށް އިރާގީ ޓްރާންސްޕޯޓް ކޮމްޕެނީން ވެސް ވަނީ ބުނެފަ އެވެ. ހިޖުރަވެރިން އުފުލާފައި ވަނީ އިރާގީ އެއާވޭސްގެ ފްލައިޓްތަކުންނެވެ.

ބެލަރޫސްއާ ޕޮލޭންޑް ގުޅޭ ސަރަހައްދަށް ހިޖުރަވެރިން ޖަމާވެ މަޝްރަހު އޮތީ ވަރަށް ބޮޑަށް ޚަރާބުކޮށްފަ އެވެ. ހިޖުރަވެރިންގެ ތެރޭގައި ގިނައީ މެދުއިރުމަތީ ގައުމުތަކަށް، ޚާއްސަކޮށް އީރާގާއި ސީރިއާ އަދި ޔަމަނަށް ނިސްބަތްވާ މީހުންނެވެ.

ޕޮލޭންޑްގެ ތެރެއިން ޔޫރަޕްގެ ގައުމުތަކަށް ވަނުމަށް އުންމީދުކޮށްގެން ތިބި މީހުންތައް ފައްސާލަން ޕޮލޭޑްގެ ސަލާމަތީ ބާރުތަކުން ކެމިކަލް ފެންޖެހި މައްސަލަ ވެސް ވަނީ ވަރަށް ހޫނުވެފަ އެވެ. ހިޖުރަވެރިންގެ ތެރެއިން ގިނަ މީހުން މިހާރު ވެސް ތިބީ ބެލަރޫސްގެ ޖަންގަލީގައި ޖިފުޓި ޖަހައިގެންނެވެ.

ހިޖުރަވެރިންގެ ތެރޭގައި ހިމެނޭ އީރާގު މީހުން ގައުމަށް ގެންދިއުމަށްޓަކައި ބެލަރޫސްގެ ވެރިރަށް މިންސްކްގައި ހުންނަ އީރާގު އެމްބްސީގައި ރެޖިސްޓްރީ ކުރަން އީރާގުން ނޮވެމްބަރު 18 ގައި އޮތީ އަންގާފަ އެވެ.

ޔޫރަޕުން ތުރުމަތުކުރާ ގޮތުގައި ހިޖުރަވެރިން ޖަމާކޮށް ޔޫރަޕަށް އެތެކުރަން މަސައްކަތްކުރަނީ ބެލަރޫސްއިންނެވެ. އެއީ ޔޫރަޕްގެ ގައުމުތަކުގައި ހަމަނުޖެހުން އުފައްދަން ކަމަށް ޔޫރަޕުން ބުނެ އެވެ. އެހެން ނަމަވެސް ބެލަރޫސްއިން ބުނަނީ ޔޫރަޕުން ކަންތައް ބޮޑުކުރަނީ ކަމަށާއި ހިޖުރަވެރިންނާ ބެލަރޫސްއާ ގުޅުމެއް ނެތް ކަމަށެެވެ.