މޯލްޑިވްސް ޕޮލިސް ސާވިސް

މިސްކިތުގެ ހުރުމަތް ކެނޑި މީހަކު ހައްޔަރުކޮށްފި

Nov 27, 2021

މިސްކިތެއްގެ ހުރުމަތް ކެނޑޭގޮތަށް އަމަލުތައް ބެހެއްޓި މީހަކު ހައްޔަރުކޮށްފި އެވެ.

ފުލުހުން ބުނީ މިސްކިތެއްގެ ހުރުމަތް ކެނޑޭގޮތަށް އަމަލުކުރި ކަމުގެ ތުހުމަތުގައި ދިވެހި ފިރިހެނަކު އިއްޔެ ހައްޔަރުކޮށްފައިވާ ކަމަށެވެ.

އަވަސް އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި މިމައްސަލާގައި ހައްޔަރުކުރީ ފުވައްމުލަކަށް ނިސްބަތްވާ އުމުރުން 39 އަހަރުގެ މީހެކެވެ.

އޭނާ ހައްޔަރުކުރީ މާލޭގެ މިސްކިތުގެ ފަންކާގައި އެއްޗެހި ހިއްކަން އުޅުމުގެ ކުށުގަ އެވެ. އެމީހާގެ ބަންދާ މެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން އޭނާ ވަނީ ކުށަށް އިއުތިރާފް އެވެ.

ގާޒީ ވަނީ އޭނާގެ އެ އަމަލަކީ މިސްކިތުގެ ހުރުމަތް ކެނޑޭ ފަދަ އަމަލަކަށް ވާތީ އޭނާގެ ބަންދަށް ހަތް ދުވަސް ދީފަ އެެވެ.

މަސްތުވާތަކެތި ބޭނުންކުރާ މީހުން މިސްކިތުގެ ހުރުމަތް ކެނޑޭ ގޮތަށް އަމަލުތައް ބަހައްޓާ މައްސަލަ ވެސް އާންމުން ގެންދަނީ ޝަކުވާއެއްގެ ގޮތުގައި ފާހަގަކުރަމުންނެެވެ.

މިސްކިތްތަކަށް ކުޑަކަމު ގޮސް މިސްކިތުގައި އޮތް ހަތިމަކަށް ރަތްކުޅު ޖެހި މީހަކު ވެސް ފުލުހުން ވަނީ މިފަހުން ހައްޔަރުކޮށްފަ އެވެ.