މާލެ އާއި ހުޅުމާލެ ދެމެދު އަޅަން ހަމަޖެހިފައިވާ "ޗައިނާ މޯލްޑިވްސް ފްރެޑްޝިޕް ބްރިޖް"ގެ މަސައްކަތް ފެށުމަށް ގާދޫކޮލު ބަނދުކުރުމަށް ފަހު އެހެން ދެ ސަރަހައްދަކުން ބޯޓު ފަހަރު ވަންނަ ގޮތަށް ހަމަޖައްސާނެ ކަމަށް ޓްރާންސްޕޯޓު އޮތޯރިޓީ އިން ބުނެފި އެވެ.
އެ އޮތޯރިޓީ އިން ބުނީ ބްރިޖުގެ މަސައްކަތް މި މަހު ފެށޭ އިރު، ބޮޑެތި ބޯޓު ފަހަރުތައް ރާއްޖޭގެ ސަރަހައްދަށް ވަންނަ ގާދޫކޮލު ބަންދުކުރުކުރަނީ ބްރިޖުގެ އަމަލީ މަސައްކަތް ފެށުމުން ކަމަށެވެ. އަދި އެ ސަރަހައްދު ބަންދު ކުރުމަށް ފަހު ބޭނުންކުރަން ކަނޑައަޅާފައި ވަނީ ސެރަޓަން ރިސޯޓާއި ޕެރަަޑައިޒް ރިސޯޓާ ދެމެދު އޮންނަ ބޮޑުކަޅި އަދި ކުދި ބޯޓުފަހަރު ވަދެ ނިކުތުމަށް މާލެ އާއި ވިލިމާލެއާ ދެމެދު އޮންނަ ސަރަހައްދު ބޭނުން ކުރާނެ ކަމަށް ޓްރާންސްޕޯޓުން ބުންޏެވެ.
މީގެ އިތުރުން ގާދޫކޮލު ބަންދުކުރުމާ އެކު ބޭނުންކުރާނެ ރޫޓުތައް މިހާރު ކަމާ ބެހޭ ފަރާތްތަކަށް އަންގާފައިވާ ކަަމަށް ޓްރާންސްޕޯޓުން ބުންޏެވެ.
މާލެ ހުޅުލެ އާ ދެމެދު އަޅާ ބްރިޖްގެ އަމަލީ މަސައްކަތް މިމަހު ފެށޭނެ ކަމަށް ހައުސިން މިނިސްޓްރީ އިން ބުނެފައި ވާއިރު އެ މަސައްކަތް ކުރަން ޗައިނާގެ ސީސީސީސީ ކުންފުނީގެ ބައެއް މުވައްޒިފުން ވެސް މިހާރު ވަނީ މާލެ އައިސްފަ އެވެ.
ބްރިޖްގެ ފުޅާމިނުގައި 20.3 މީޓަރު ހުންނަ އިރު ސައިކަލާއި ބައިސްކަލް ދުއްވުމަށާއި އަދި ހިނގާ ފަރާތްތަކަށް ހާއްސަ ލޭންތައް ވެސް ގާއިމްކޮށްފައި ހުންނާނެ އެވެ. ބްރިޖުގެ ދަށުން 12 މީޓަރުގެ އުސް އުޅަނދު ތަކަށް ދަތުރު ކުރެވޭއިރު މެދު ދިޔައިގައި ބްރިޖްގެ އެންމެ އުސް ހިސާބާ ހަމައަށް 20 މީޓަރު އުސްވާނެ އެވެ.