ލައިފްސްޓައިލް

ބައްޔެއްގެ ސަބަބުން ދުވާލަކު 70 ފަހަރު ހޮޑުލެވޭ މީހެއް

އިނގިރޭސި ވިލާތުގެ ބޯލްޓަންގައި ދިރިއުޅޭ ލީން ވިލިއަން އަކީ ވަރަށް މަދުން ނޫނީ ދުނިޔޭން ނުފެންނަ ޒާތުގެ ބައްޔެއްގެ ޝިކާރައަކަށް ވެފައިވާ އަންހެނެކެވެ. މި ބަލީގެ ސަބަބުން އޭނާއަށް ދުވާލަކު 70 ވަރަކަށް ފަހަރު ހޮޑުލެވެ އެވެ.

ގެސްޓޯޕަރޭސިސް ކިޔާ ބައްޔެއް ހުރިކަން ލީން އަށް އެނގުނީ 2008 ގައެވެ. އޭރު އޭނާގެ އުމުރުން 39 އަހަރެވެ. ބަލި ޖެހުމާއެކު ލީންގެ ދިރިއުޅުން އެފުށް މި ފުށަށް ޖެހުނެވެ.

ގެސްޓޯޕަރޭސިސް ޖެހުމުން ގުދުރަތީ ގޮތުން ބަނޑު ހުސްކޮށްލާގޮތަށް ހުހެއް ނުވެ އެވެ. އޭގެ ސަބަބުން ބަލި ޖެހޭ މީހާ މޭނުބައިކޮށް ހޮޑުލެވި އަދި ބަނޑުގައި ރިއްސުން ފަދަ ކަންކަން މެދުވެރިވެ އެވެ.

މި މައްސަލަ ހައްލުކުރަން ލީންގެ ބަނޑުގައި ވަނީ ގެސްޓްރިކް ޕޭސްމޭކާ އެއް ހަރުކޮށްފަ އެވެ. މީގެ ސަބަބުން އޭނަގެ އުނދަގޫތައް ކުޑަވެ އެވެ.

ގެސްޓޯޕަރޭސިސްގެ މާނައަކީ ބަނޑުގެ އެއްބައި ޕެރަލައިޒް ވުމެވެ. މިއީ ލައްކައަކުން އެކަކަށް މެދުވެރިވާ ކަމެކެވެ. މި ޑިސްއޯޑާ ހުންނަ މީހުންގެ ބަނޑުގައިވާ މަސްތަކާއި ނާރުތައް އާދައިގެ މީހުންގެ ކުރާ ގޮތަކަށް މަސައްކަތެއް ނުކުރެ އެވެ. ނަތީޖާއަކީ ވަނީ ހަޖަމުކުރުމުގެ މަރުހަލާ ލަސްވެ ބަނޑުގައިވާ ތަކެތި ބޭރުކުރަން ދަތިތައް ކުރިމަތިވަނީ އެވެ.

ބޮޑުކަމުދަވައިގަންނަނީ ބަނޑުގެ މަސްތަކަށް އަންނަ ވަރުގަދަ ވޭންވަރެއްގެ ސަބަބުންނެވެ. ބަނޑުގެ އެއްބައި ވާގިނެތުމުން އެ ވޭންވަރުގެ އިހްސާސެއް އެ މީހާއަކަށް ނުކުރެ އެވެ. ނަތީޖާއަކަށް ވަނީ އެމީހާ ކާ ހުރިހާ އެއްޗެއް ބަނޑުތެރެއަށް ޖަމާވެ ހުސްނުވެ ހުރުމުގެ ސަބަބުން ބަނޑުގައި ރިއްސުމާއި މޭ ނުބައިކުރުމާއި ހޮޑުލެވުން ފަދަ ކަންކަން މެދުވެރިވަނީ އެވެ.

ހަޖަމުކުރުމުގެ ނިޒާމަށް ކުރިމަތިވާ މި ބައްޔަކީ ކިހިނެއް ވެގެން ދިމާވާ ކަމެއް ކަން އަދި ތަޖުރިބާކާރުންނަށް ހޯދިފައެއް ނެތެވެ. ނަމަވެސް އެ ބޭފުޅުން ބޮޑަށް ލަފާ ކުރަނީ ހަކުރުބަލި ހުންނަ މީހުންނަށް ލޭގައި ހަކުރު ހުންނަ މިންވަރު މެނޭޖް ނުކުރެވިގެން ބަލި ޖެހުން އެކަށީގެންވާ ކަމަށެވެ. އަދި ބައެއް ކަހަލަ ތަދުކަނޑުވާ ބޭސް ބޭނުން ކުރުމުންނާއި އެންޓިޑިޕްރެސަންޓްސް، ލޭ މައްޗަށް ދާތީ ކާ ބޭސް އަދި އެލާޖިކް ވާތީ ކާ ބައެއް ބޭހުން ވެސް ހަޖަމުކުރުމުގެ ނިޒާމުގެ މަސައްކަތް ލަސް ވެދާނެކަމަށެވެ.

އަހަރެމެން ކާ އެއްޗެތި، ކުޑަ ގޮހޮރުން ބޮޑުހޮގޮހޮރަށް ފޮނުވާލަން ބަނޑުގައިވާ މަސްތަކަށް ސިގްނަލް ފޮނުވަނީ ހަށިގަނޑުގައިވާ ވެގަސް ނާވް އިން އިންނެވެ. އެ ނާރަށް ގެއްލުންވުމުން ސިގްނަލް ފޮނުވައެއް ނުދޭނެ އެވެ. ނަތީޖާއަކަށް ވަނީ ގިނައިރުތަކެއް ވަންދެން ބަނޑުތެރޭގައި ކާއެއްޗެތި ހުރުމެވެ.