ދައުލަތުގެ ބަޖެޓް

އޮފީސްތަކުން ބަޖެޓު ބޭނުންކުރާނެ ގޮތުގެ ޕްލޭން ހުށަޙަޅަން އެދިއްޖެ

Nov 29, 2021

އަންނަ އަހަރުގެ ބަޖެޓު އޮފީސްތަކަށް ބަޖެޓު ބަހަން ފައްޓަން މަޖިލީހުން ފާސް ކުރަން ޖެހޭތީ ބަޖެޓު ބޭނުން ކުރާނެ ގޮތުގެ ޕްލޭން ފޮނުވައި ދޭން ފިނޭންސް މިނިސްޓްރީން އެދިއްޖެ އެވެ.

ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ސޮއި ކުރައްވައި ނެރެފައިވާ "ބަޖެޓް ސާކިއުލާ" އެެއްގައި ބުނީ ބަޖެޓުގެ ޑިސްބާސްމަންޓް ޖަދުވަލް ތައްޔާރުކޮށް އަންނަ މަހުގެ 24 ގެ ކުރިން ރައްޔިތުން މަޖިލީހަށް ފޮނުވަން ޖެހޭ ކަމަށެވެ. އަންނަ އަހަރުގެ ބަޖެޓު އޮފީސްތަކަށް ދޫކުރެ ވޭނީ އެ އޮފީހެއްގެ ކޭޝްފްލޯ ޕްލޭން މިނިސްޓްރީއަށް ލިބިގެން ކަމަށާ އަންނަ އަހަރުގެ ބަޖެޓު ދޫކުރާނީ މަހުން މަހަށް ކަމަށެވެ.

އެ މިނިސްޓްރީން ވަނީ ސަރުކާރުގެ ހުރިހާ އޮފީސް ތަކުން ވެސް ބަޖެޓު ބޭނުން ކުރާނެ ގޮތުގެ ކޭޝް ފްލޯ ޕްލޭން ތައްޔާރުކޮށް އަންނަ މަހުގެ 12 ވަނަ ދުވަހުގެ ކުރިން ފިނޭންސް މިނިސްޓްރީއަށް ހުށަހަޅަން އެދިފަ އެވެ.

ފިނޭންސް މިނިސްޓްރީން ވަނީ ބަޖެޓުގެ ޑިސްބާސްމަންޓް ޕްލޭން އެކުލަވާލުމުގައި އަމަލު ކުރަން ޖެހޭ ގޮތުގެ ޕްލޭން ވެސް ނެރެފަ އެވެ. އެގޮތުން ކޭޝް ފްލޯ ތައްޔާރު ކުރާއިރު ހަރަދާއި އާމްދަނީ ހިމަނަން ޖެހޭނެ ކަމަށް ބުނެފައިވެ އެވެ.

އަންނަ އަހަރަށް ފާސްކޮށްފައިވަނީ 37 ބިލިއަން ރުފިޔާގެ ބަޖެޓެކެވެ. ބަޖެޓުގެ އާމްދަނީއަކީ 24.2 ބިލިއަން ރުފިޔާ އެވެ. އަދި ޖުމްލަ ހަރަދަކީ 34 ބިލިއަން ރުފިޔާޕީ އެވެ. މި ބަޖެޓުގައި އެސްއަައިޕ އަށް 6.2 ބިލިއަން ރުފިޔާ ކަނޑައަޅާފައިވެ އެވެ. އަދި ބަޖެޓު ޑެފިސިޓަކީ 9.7 ބިލިއަން ރުފިޔާ އެވެ.