އެކިވައްތަރުގެ ކާބޯތަކެތި ވިއްކާ ދޮންގޮއްޔެ ބްރޭންޑްގެ އެއްޗިހި ވިއްކުން ރާއްޖޭގެ ފުޑް އެންޑް ޑްރަގް އޮތޯރިޓީން މަނާކޮށްފި އެވެ.
ފުޑް އެންޑް ޑްރަގް އޮތޯރިޓީން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނެފައި ވަނީ އެ އޮތޯރިޓީއަށް ހުށަހެޅުނު ޝަކުވާ އަކާއި ގުޅިގެން ދޮންގޮއްޔެ ބްރޭންޑްގެ ކާބޯތަކެތި އުފައްދާ ތަން
އިންސްޕެކްޓް ކުރި ކަމަށެވެ.
އެ އިންސްޕެކްޝަންގައި އެ ތަނުގެ އާއްމު ސާފުތާހިރުކަން ވަރަށް ދަށްކަން ފާހަގަކުރެވުނު ކަމަށް ވެސް އެ އޮތޯރިޓީން ބުނެ އެވެ.
ދޮންގޮއްޔެ ބްރޭންޑްގެ ކާބޯތަކެތި ތައްޔާރުކުރާތަން އިސްލާހު ނުކޮށް އެތަނުން އުފައްދާ އަދި ބަންދުކުރާ ތަކެތި ބޭނުންކުރުމަކީ ސަބަބުން އާއްމު ސިއްހަތަށް ނޭދެވޭ އަސަރުކުރުވާ އަދި ކާބޯތަކެތީގެ ޒަރީއާއިން ބައްޔެއް ފެތުރޭފަދަ ނުރައްކާތެރި ހާލަތެއް މެދުވެރި ވުމުގެ ފުރުސަތު އެބަ އޮތް ކަމަށެވެ.
އެހެންކަމުން މިހާތަނަށް ބާޒާރުގައި ހުރި އެ ބްރޭންޑުގެ އުފެއްދުންތައް ވިއްކަން ބެހެއްޓުމާއި ވިއްކުމަކީ މަނާކަމެއް ކަމުގައި ފުޑް އޮތޯރިޓީގެ ބަޔާނުގައި ބުނެފައި ވެއެވެ. އަދި އެ ތަކެތި ބޭނުން ނުކުރުމަށް ވެސް އެ އޮތޯރިޓީން އިލްތިމާސް ކުރެ އެވެ.