ރާއްޖެ އެތެރެކޮށް ބޭނުން ކުރަމުންގެންދާ ރެނިޓައިޑިން އިންޖެކްޝަން (Ranitidine Injection)Acilocގެ ބެޗެއްގައި ހުރި ކޮލިޓީ މައްސަލައަކާ ގުޅިގެން އެ ބެޗްގެ އިންޖެކްޝަން އެތެރެ ކުރުމާއި ވިއްކުން އަދި ބޭނުންކުރުން މަނާކޮށްފި އެވެ.
މި އިންޖެކްޝަނަކީ ބަނޑު އަދި ގޮހޮރު އުލްސާއަށް ދޭ ބޭހެކެވެ.
މޯލްޑިވްސް ފުޑް އެޑް ޑްރަގު އޮތޯރިޓީ (އެމްއެފްޑީއޭ) އިން ބުނީ ކޮލިޓީ މައްސަލަ ފާހަގަކުރެވުނީ ބެޗް ނަންބަރު RP21311 ގެ 25 މިލިގްރާމު އިންޖެކްޝަން ތަކުން ކަމަށެވެ. މައްސަލަ ފާހަގަވީ ބެޗް ނަންބަރު RP21311 އިން ފެނުނު މައްސަލަ އެކެވެ.
އެމްއެފްޑީއޭ އިން ވަނީ އެއްވެސް ފާމަސީއެއް ނުވަތަ ސިއްހީ ހިދުމަތްދޭ ތަނެއްގައި މި ބެޗްގެ އިންޖެކްޝަނެއް ހުރިނަމަ އެކަން އެ އޮތޯރިޓީގެ ހޮޓްލައިން ނަމްބަރަށް ގުޅައި އެ މައުލޫމާތު ހިއްސާކުރުމަށް އަންގާފަ އެވެ.
ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން ބޭސް ސިޓީއަށް ބޭސް އެތެރެކުރާއިރު ހާއްސަ ސަމާލު ކަމެއް ދީގެން ބަނދަރުތަކުގައި ބަލައި ފާސްކުރަމުން ގެންދާނެ ކަމަށްވެސް އެމްއެފްޑީއޭ އިން ބުނެފައިވެ އެވެ.