އުރީދޫ

ޔޫޓިއުބާއި ޓިކްޓޮަަަަކަށް އުރީދޫގެ ހާއްސަ ޑޭޓާ ޕެކްތަކެއް

ޔޫޓިއުބް އަދި ޓިކްޓޮކް ބޭނުންކުރާ ފަރާތްތަކަށް ހާއްސަ ޑޭޓާ ޕެކްތަކެއް އުރީދޫއިން ތައާރަފްކޮށްފި އެވެ.

އުރީދޫއިން އިއްޔެ ތައާރަފްކުރި މި ޑޭޓާ ޕެކްތަކުގައި އެންމެ 10 ރުފިޔާއިން ފެށިގެން 250 ރުފިޔާއާއި ހަމައަށް ބޮޑެތި ޑޭޓާ އެލަވަންސްތައް ހިމަނާފައި ވެއެވެ.

އުރީދޫން ބުނީ އަލަށް ތައާރަފްކުރި ޑޭޓާ ޕެކްތަކާ އެކު މެދުކެނޑުމެއްނެތި ކޮންމެ ވަގުތަކު ވެސް ޓިކްޓޮކް އަދި ޔޫޓިއުބް ކޮންޓެންޓް ހެޔޮ އަގުގައި ކަސްޓަމަރުންނަށް ފަސޭހަކަމާއެކު ބަލާލެވޭނެ ކަމަށެވެ.

މި ޑޭޓާ ޕެކްތައް އުރީދޫ އެޕް މެދުވެރިކޮށް އެކްޓިވޭޓް ކުރެވޭނެ އެވެ.

އަލަށް ތައާރަފްކުރި ޑޭޓާ ޕެކްގެ އިތުރުން، އުރީދޫ ފްލިކްސް ޕެކް ނަންގަވާ ފަރާތްތަކަށް ނެޓްފްލިކްސް، އައިފްލިކްސް، ޓިކްޓޮކް، ސައުންޑްކްލައުޑް، ސްޕޮޓިފައި، ސޮނީލިވް އަދި މީޑިއާނެޓް އެމްއެސް އެޕް ގެ ކޮންޓެންޓް ވެސް މިހާރު ބަލާލެވޭނެ އެވެ.