ގައުމީ ވޮލީބޯޅަ މުބާރާތުގެ ޗެމްޕިއަންކަން މޯލްޑިވިއަން ހޯދައިފި އެވެ.
ފުރަތަމަ ފަހަރަށް ގައުމީ ފެންވަރުގެ ވޮލީގައި ވާދަކުރި ޓީމު ޗެމްޕިއަންކަން ހޯދީ ރޭ ކުޅުނު ސެމީ ފައިނަލް މެޗުގައި އެމްއެންޑީއެފް 3-2 ސެޓުން ބަލިކޮށްގެންނެވެ.
ތިން ޓީމު ވާދަކުރި މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިއަކީ މޯލްޑިވިއަންގެ އިސްމާއީލް ސާޖިދު (ކުޑަކާއްޓޭ) އެވެ. މުބާރާތުގެ 21 އަހަރުން ދަށުގެ އެންމެ މޮޅު ކުޅުންތެރިއަކީ މޯލްޑިވިއަންގެ ހުސައިން ވިޝާމެވެ.
މި މުބާރާތަކީ ރައީސުލްޖުމުހޫރިއްޔާގެ ވާދައިގެ ތައްޓަށް ކުޅޭ މުބާރާތް ކަމުން ރައީސްގެ ތަށި ދެއްވުމަށް ރައީސް އަބުދުﷲ ޔާމީން އަބުދުލްގައްޔޫމް ޒުވާނުންގެ މަރުކަޒުގެ އިންޑޯ ހޯލަށް ވަޑައިގެންނެވި އެވެ.
ގައުމީ މުބާރާތުގެ ފައިނަލަށް މޯލްޑިވިއަން ދިޔައީ ލީގު ބުރުގެ އެއްވަނަ ހޯދައިގެންނެވެ. ސިފައިން ފައިނަލަށް ދިޔައީ ސެމީގައި ޕޮލިސް ބަލިކޮށްފަ އެވެ.