ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ދުނިޔެ

ފައިޒާ ގުޅަބޭސް އޮމިކްރޯން ތައްކަތު ކުރާނެ: ސީއީއޯ

ދުނިޔެއަށް ފެތުރިގެންފައިވާ ކޮވިޑްގެ އާ ވައްތަރު، އޮމިކްރޯން ތައްކަތު ކުރެވޭހާ ގާބިލުކަން ފައިޒާގެ ގުޅަބޭހުގައި ހުންނާނެ ކަމަށް އެ ކުންފުނީގެ ސީއީއޯ، އަލްބާޓް ބޫލާ ވިދާޅުވެއްޖެ އެވެ.

އަލްބާޓް ބޫލާ ވިދާޅުވި ގޮތުގައި ފައިޒާއިން ކޮވިޑަށް އުފައްދާފައިވާ ގުޅަ ބޭސްގުޅަ، ޕެކްސްލޮވިޑް އަކީ އާ ވައްތަރުތައް ބަލިކަށިކޮށް ހަށިގަނޑު ދިފާއީ ނިޒާމު ދުޅަހޮޔޮ ކުރަން ބާރު އަޅާ ބޭހެއް ކަމަށެވެ.

އެނާ ވިދާޅުވީ ފައިޒާއިން ކޮވިޑް ގުޅަބޭސް އުފައްދާފައި ވަނީ އާ ވައްތަރުތައް ވުޖޫދުވަމުން އަންނަ ކަމަށް ބަލައިގެން ކަމަށެވެ. އެހެން ކަމުން ފައިޒާގެ ކާބޭސް ވާނީ ބައްޔަށް ރާހަތްކުރާ ބޭހަކަށް ކަމަށެވެ.

އެމެރިކާޣެގެ ފައިޒާއާ ޖަރުމަނުގެ ބަޔޮންޓެކް ގުޅިގެން އުފައްދާ ކޮވިޑް ވެކްސިނަކީ ސައުތު އެފްރިކާއިން ފެނިފައިވާ ކޮވިޑްގެ އާ ވައްތަރަށް ކަމުދާ ވެކްސިނެއް ބަލަމުން ގެންދާ ކަމަށްވެސް ބަޔޮންޓެކުން އޮތީ ބުނެފަ އެވެ.

އަލްބާޓް ބޫލާ ސީއެންބީސިއަށް ވިދާޅުވި ގޮތުގައި ގުޅަބޭހަށް އިތުރު ބަދަލެއް ގެންނަ ޖެހޭނެ ކަމަށް ފެނިވަޑައި ނުގަންނަވަ އެވެ. އޭނާ ވިދާޅުވީ ކޮވިޑްގެ އެހެން ވައްތަރުތައް ފަދައިން ސައުތު އެފްރިކާ ވައްތަރަކީ ވެސް މިހާރު ބޭނުން ކުރެވޭ ބޭހަށާއި ވެކްސިނަށް ކޮންޓްރޯލް ކުރެވޭނެ ވައިރަހެކެވެ.

ފައިޒާ ގުޅަބޭހަށް ހުއްދަ ހޯދުމަށް މިހާރު ގެންދަނީ މަސައްކަތް ކުރަމުންނެވެ. ފައިޒާއިން ބުނީ އެމެރިކާ އާއި ޔޫރަޕުން ލަސްތަކެއް ނުވެ ހުއްދަ ލިބޭނެ ކަމަށެވެ.