ލައިފްސްޓައިލް

މީހެއްގެ ގައިގައި ރޭލުން ޖެހޭ މަންޒަރު ލައިވްކޮށް ފެނިއްޖެ

ސޯޝަލް މީޑިއާގައި ލައިވް ކޮށް ވީޑިއޯ އެއް ނަގަމުންދިޔަ މީހެއްގެ ގައިގައި ރޭލަކުން ޖެހި މަރުވި މަންޒަރު އޭނާ ލައިވް ބެލި އެންމެންނަށް ވަގުތުން ފެނިއްޖެ އެވެ. ރައްޓެއްސަކާއެކު މި މީހާ ވީޑިއޯ ކުރަން ހުރީ ރޭލު ދަގަނޑެއް މަތީގަ އެވެ. ރޭލު އަންނަ ދިމާލަށް ފުރަގަސް ދީގެން އެމީހާ ހުއްޓާ ރޭލު އައިސް އޭނާގެ ގައިގައި ޖެހޭ މަންޒަރު ވީޑިއޯގައި ވަރަށް ރީތިކޮށް ފެނެ އެވެ.

ލަފާ ކުރެވެނީ އެމީހާއަށް ހުރެވުނީ ރޭލުން ޖެހޭ ހިސާބުގައި ކަމަށް އެމީހާއަށް އަންދާޒާކޮށް ނުލެވުނީ އެވެ.

އިންޑިޔާގެ މަދްޔަ ޕްރަދޭޝްގެ ހޮޝަންގްއާބާދު ޑިސްޓްރިކްޓްގައި މިދިޔަ ހޯމަ ދުވަހު ހިނގި ހާދިސާގައި މަރުވީ 22 އަހަރުގެ ޒުވާން ފިރިހެނެކެވެ.

ސަންޖޫ ޗޯރޭ ނަމަކަށް ކިޔާ މި މީހާ ރޭލު ޓްރެކާ ކައިރީގައި ހުއްޓާ މުދާ އުފުލާ ރޭލު ބަރުގޮނުއަޅަމުން އަންނަކަން އެމީހާއަށް ވެސް އެނގޭނެ އެވެ. ނަމަވެސް އޭނާ ހުރީ ރޭލުން ނުޖެހޭ ހިސާބުގައިކަމަށް އޭނާއަށް ލަފާ ކުރެވުނީ ކަމަށް ބެލެވެ އެވެ.