ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
އެޗްޕީއޭ

އެޗްޕީއޭގެ ބަންދުގައި 15 ރަށެއް

ކޮވިޑް ބަލި ފެތުރެމުންދާތީ އެޗްޕީއޭ އިން ބަންދު ކޮށްފައިވާ ރަށްތަކުގެ އަދަދު 15 އަށް ތިރި ވެއްޖެ އެވެ.

އެޗްޕީއޭއިން ބަންދު ކޮށްފައިވާ ރަށްތަކުގެ އަދަދު މި ފަހަކަށް އައިސް އިތުރުވުމަށް ފަހު އަނެއްކާވެސް ވަނީ ދައްވާން ފަށާފަ އެވެ.

އާ ލިސްޓް ބުނާ ގޮތުން އެންމެ ގިނަ ދުވަހު ބަންދު ކޮށްފައި އޮތް ރަށްރަށުގެ ގޮތުގައި އަދިވެސް އޮތީ އޮގަސްޓު މަހުގެ 28 ވަނަ ދުވަހު ބަންދުކުރި ސ. ހިތަދޫ އާއި މަރަދޫ އާއި މަރަދޫފޭދޫ އަދި ފޭދޫ އެވެ.

ކޮވިޑް ފެނިގެން ސެޕްޓެމްބަރު މަހު ބަންދު ކޮށްފައިވާ ރަށްތަކުގެ އަދަދު ވަނީ އެކަކަށް ދަށްވެފަ އެވެ. އެ މަހު ބަންދުކުރި ރަށްތަކުގެ ތެރެއިން މިހާރު މޮނިޓަރިންގައި އޮތީ ސ. ހުޅުމީދޫ އެވެ.

އެޗްޕީއޭއިން ވަނީ އޮކްޓޫބަރު މަހު ހަތަރު ރަށެއް މޮނިޓަރިންގެ ލިސްޓަށް އިތުރު ކޮށްފަ އެވެ. އެއީ ނ. ހޮޅުދޫ އާއި މ. މުލަކާއި މ. ދިއްގަރު އަދި ނ. މިލަދޫ އެވެ.

ނޮވެމްބަރު މަހު އެޗްޕީއޭއިން ވަނީ ހަތް ރަށެކެވެ. އެއީ މ. މުއްޔާއި ރ. މަޑުއްވަރީ އަދި އެ އަތޮޅު އިންނަމާދޫ އާއި ނ. ވެލިދޫ އާއި ށ. ކޮމަދޫ އާއި ބ. ދަރަވަންދޫ އަދި އދ. މަހިބަދޫ އެވެ.

ރާއްޖެއިން އިއްޔެ 107 މީހަކު ކޮވިޑަށް ޕޮޒިޓިވް ވެފައިވެ އެވެ. އޭގެތެރެއިން މާލެ ސަރަހައްދު ފިޔަވައި އަތޮޅުތަކުގެ ތެރެއިން ޕޮޒިޓިވްވި މީހުންގެ އަދަދަކީ 74 އެވެ.